އިންޓަރނޭޝަނަލް ކޯޗިން ކޯސް


Admin/newsImage/noimage.png

ސައުތު ކޮރެއާގެ ސޯލްގައި މިމަހުގެ 28ން ނޮވެމްބަރ މަހުގެ 22އަށް ހިންގުމަށް ހަމަޖެހިފައިވާ އިންޓަރނޭޝަނަލް ކޯސް އޮފް އެތުލެޓިކްސް ކޯޗިން ފުރިހަމަކުރުމަށް ރާއްޖޭގެ ކުރީގެ ބާރު ދުވުން ތެރިޔާ އަޙްމަދު ޝަގީފް (ރިވަރިން) މިއަދު ފުރައިފިއެވެ.

ސޯލްގައި ކުރިޔަށް ގެންދާ ކޯޗިން ކޯހުގައި ކިޔަވައި ދިނުމަށް ހަމަޖެހިފައިވަނީ 2 މޮޑިއުލްއެކެވެ. ފުރަތަމަ މޮޑިއުލްގައި ކިޔަވައިދޭގޮތަށް ހަމަޖެހިފައިވަނީ އައި އޭ އޭ އެފް ލެވެލް 1 އެތުލެޓިކްސް ކޯޗިން އެވެ. އަދި 2 ވަނަ މޮޑިއުލްގައި ކިޔަވައި ދިނުމަށް ހަމަޖެހިފައިވަނީ ހައި ޕަރފޮމަންސް ކޯޗިން އެވެ.

ރިވަރިން އަކީ ދިވެހި އެތުލީޓުންގެ ތެރެއިން ޖެހިޖެހިގެން 3 ފަހަރު އޮލިމްޕިކްސްގައި ވާދަކުރި ހަމައެކަނި އެތުލީޓެވެ. މީގެއިތުރުން ރިވަރިން ވަނީ އޭނާ ދުވުނު ދުވަސްތަކުގައި ރާއްޖޭގެ 100މ ދުވުން، 100މ ރިލޭ އަދި 400މ ރިލޭއިން ގައުމީ ރިކޯޑް ހަދާފައެވެ. މީގެ އިތުރުން ބައިނަލް އަގުވާމީ ގިނަ މުބާރާތްތަކުގައި ރާއްޖޭ ތަމްސީލް ކޮށް ރާއްޖޭގައި ބޭއްވުނު މުބާރާތްތަކުން ގިނަ ވަނަތަކެއް ހޯދާފައެވެ.