އައި އޭ އޭ އެފް ސީ އީ ސީ އެސް ލެވެލް 4


Admin/newsImage/noimage.png

މިޑްލް ޑިސްޓެންސް ދުވުމުން އައި އޭ އޭ އެފް ލެވެލް 4 ކޯޗިން ކޯސް ފުރިހަމަ ކުރުމަށް ރާއްޖޭގެ ގައުމީ މިޑްލް ޑިސްޓެންސް ކޯޗް ޢަބްދުﷲ އިބްރާހީމް އިންޑޮނޭޝިއަށް ފުރއިފިއެވެ.

މިމަހުގެ 21ން ނޮވެމްބަރ މަހުގެ 03ވަނަ ދުވަހުގެ ނިޔަލަށް އިންޑޮނޭޝިއާގެ ޖަކާޓާގައި ކުރިޔަށްދާ މި ކޯހަކީ އޭޝިއާގެ ގައުމުތަކަށް އަމާޒުކޮށްގެން މިސަރަހައްދުގެ ރީޖަނަލް ޑިވެލޮޕްމަންޓް ސެންޓަރ އިން ކުރިޔަށް ގެންދާ ކޯހެކެވެ.

ޢަބްދުﷲ އިބްރާހީމް އަކީ ރާއްޖެއަށް ސައުތު އޭޝިއަން ގޭމްސްގައި މެޑަލް ހޯދައިދިން ޓީމްގެ މެނޭޖަރެވެ. މީގެ އިތުރުން ޢަބްދުﷲ އިބްރާހީމް ތަމްރީން ކުރުމުން އަންނަ މިޑްލް ޑިސްޓެންސް ދުވާ އެތުލީޓުން އަންނަނީ ރަނގަޅު ކުރިއެރުންތަކެއް ހޯދަމުންނެވެ.