އިސްލާމިކް ސޮލިޑަރިޓީ ގޭމްސް


Admin/newsImage/noimage.png

އިންޑޮނޭޝިއާގެ ޕަލަންބަންގ ގައި މިހާރު ކުރިޔަށް ދާ 03 ވަނަ އިސްލާމިކް ސޮލިޑަރިޓީ ގޭމްސްގައި ރާއްޖޭގެ އެތުލީޓުން މިއަދު ވާދަކުރާނެއެވެ.

ރާއްޖެ ގަޑިން ރޭގަނޑު 09.10ގައި ފަށާ 800މ ދުވުމުގެ 3 ހީޓްގެ ތެރެއިން ރާއްޖޭގެ އެތުލީޓުން ވާދަކުރާނީ 2 ވަނަ ހީޓާއި 3 ވަނަ ހީޓްގައެވެ.

800މ ދުވުމުގެ 2 ވަނަ ހީޓްގައި ވާދަކުރާނީ ޝިފާޒް މުޙައްމަދު އެވެ. އަދި 3 ވަނަ ހީޓްގައި ވާދަކުރާނީ އަޙްމަދު ޙަސަން އެވެ.

800މ ދުވުމުގައި 2 އެތުލީޓުންގެ ޕަރފޮމަންސަށް ބަލާއިރު ޝިފާޒް މިއަހަރު 800މ އެންމެ ބާރަށް ދުވެފައިވަނީ ޖުލައި މަހު އިންޑިއާގެ ޕޫނާގައި ބޭއްވުނު އޭޝިއަން އެތުލެޓިކްސް ޗެމްޕިއަންޝިޕްގައެވެ. އެމުބާރާތުގައި ޝިފާޒް ދުވެފައިވަނީ 2 މިނިޓް 2.91ސިކުންތުންނެވެ. އަޙްމަދު ޙަސަން މިއަހަރު 800މ އެންމެ ބާރަށް ދުވެފައިވަނީ މިމަހު 16 ވަނަ ދުވަހު ކޮލަމްބޯގައި ބޭއްވުނު ލަންކާ ނެޝަނަލް ޗެމްޕިއަންޝިޕްގައެވެ. އެމުބާރާތުގައި އަޙްމަދު ޙަސަން ދުވެފައިވަނީ 2މިނިޓް 01.01ސިކުންތުންނެވެ.