އިސްލާމިކް ސޮލިޑަރިޓީ ގޭމްސް


Admin/newsImage/noimage.png

އިންޑޮނޭޝިޔާގެ ޕަލަމްބަންގް ގައި މިހާރު ކުރިޔަށްދާ 3 ވަނަ އިސްލާމިކް ސޮލިޑަރިޓީގޭމްސްގައި އެތުލެޓިކްސް އިން ވާދަކުރާ ޓީމްގައި ހިމަނާފައިވާ އަފާ އިސްމާޢީލް އަށް މުބާރާތުގައި ވާދަނުކުރެވޭ ގޮތް ވެއްޖެއެވެ.

މުބާރާތަށް ދާ ޓީމް ފައިނަލް ކުރިއިރު މުބާރާތަށް ފޮނުވާގޮތަށް އެސޯސިއޭޝަނުން ނިންމާފައިވަނީ އަފާ އިސްމާޢީލް، ޝިފާޒް މުހައްމަދު އަދި އަޙްމަދު ޙަސަން އެވެ. ނަމަވެސް މުބާރާތުގެ ކުރިން އިތުރު ތަމްރީން ހޯދުމަށް ކޮލަމްބޯއަށް ގޮސް އެނބުރި އައި ދުވަހު އަފާ އަށް ވަނީ ވައިރަލް ރޯގާ އެއްގެ އަސަރުކޮށްފައެވެ.އަދި ޓީމް ހުކުރުދުވަހު އިންޑޮނޭޝިއާ އަށް ފުރިއިރުވެސް އަފާ ރިަކވަރ ނުވާތީ، ޓީމް ފުރީ އަފާއާ ނުލައެވެ.

އަފާއަށް މުބާރާތަށް ނުދެވުމުން، ދެން މުބާރާތުގައި ވާދަކުރާނީ ޝިފާޒް އާއި އަޙްމަދު ޙަސަން އެވެ. މި ދެއެތުލީޓުން ވާދަކުރާނީ ފިރިހެނުންގެ 800މ ދުވުމާއި 1500މ ދުވުމުގައެވެ.

އަފާ އިސްމާޢީލް އަކީ ރާއްޖޭގެ އަންހެނުންގެ 200މ ދުވުމުގެ ގައުމީ ރިކޯޑް ދަމަހައްޓަމުން އަންނަ އެތުލީޓެވެ.