މައިލޯ އިންޓަރ ސްކޫލް އެތުލެޓިކްސް ޗެމްޕިއަންޝިޕް


Admin/newsImage/noimage.png

16 ވަނަ މައިލޯ އިންޓަރ ސްކޫލް އެތުލެޓިކްސް ޗެމްޕިއަންޝިޕް ކުޅިވަރު އެކުވެނީގައި މިއަދު ފެށިއްޖެއެވެ.

މިމަހުގެ 22ން 24އަށް ކުރިޔަށްދާ މުބާރާތުގައި މާލޭ ސިޓީގެ 7 ސްކޫލާއި އަތޮޅު ތަކުގެ 7 ސްކޫލުން 6 ޢުމުރުފުރާއެއްގައި 600 އެތުލީޓުންނަށް ވުރެ ގިނަ އެތުލީޓުން ވާދަކުރެއެވެ.

މުބާރާތުގައި ވާދަކުރާ އަތޮޅު ތަކުގެ ސްކޫލްތަކަކީ ހދ. އަތޮޅު ތަޢުލީމީ މަރުކަޒު، ޖަލާލުއްދީން ސްކޫލް (ހދ. ކުޅުދުއްފުށި)، ނޮޅިވަރަމް ފަރު ސްކޫލް، ދ. އަތޮޅު މަދަރުސާ، އައްޑޫ ހައި ސްކޫލް، ޝަރަފުއްދީން ސްކޫލް (އައްޑޫ ސިޓީ) އަދި އިރުޝާދިއްޔާ ސްކޫލް (އައްޑޫ ސިޓީ) އެވެ. މުބާރާތުގައި ވާދަކުރާ މާލޭ ސިޓީގެ ސްކޫލްތަކަކީ ބިލަބޮންގ ހައި އިންޓަރނޭޝަނަލް ސްކޫލް، ޣިޔާޘުއްދީން ސްކޫލް، ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލް، ތާޖުއްދީން ސްކޫލް، އިސްކަންދަރު ސްކޫލް، ޖަމާލުއްދީން ސްކޫލް، އަދި ކަލާފާން ސްކޫލެވެ.

މުބާރާތުގައި ކުރިޔަށްދާ ޢުމުރުފުރާތަކަކީ 9، 11، 13، 15، 17، 19 އަހަރުންދަށުގެ ޢުމުރުފުރާއެވެ. ކޮންމެ ޢުމުފުރާއެއްގެ އިވެންޓްތައް ކުރިޔަށްދާނީ ދެޖިންސް ވަކިންނެވެ. މުބާރާތުގެ އިވެންޓްތައް ކުރިޔަށްދާނީ ކޮންމެ ދުވަހެއްގެ ހެނދުނު 7.30ން 9.30އަށް، ހަވީރު 4.00ން 6.00އަށް އަދި ރޭގަނޑު 8.00ން 9.30އަށެވެ.

މުބާރާތުގެ ހުޅުވުމުގެ ރަސްމިއްޔާތު އޮންނާނީ މިއަދު ހަވީރު 4.00ގައެވެ.