އޭޝިއަން ޔޫތު ގޭމްސް


Admin/newsImage/noimage.png

އޭޝިއަން ޔޫތު ގޭމްސްގެ އެތުލެޓިކްސް އިވެންޓްތަކުގައި ރާއްޖެއިން މިއަދު ވާދަކުރާނެއެވެ. ރާއްޖެއިން މިއަދު ވާދަކުރާނީ ދެޖިންސްގެ 200މ ދުވުމުގައެވެ.

ރާއްޖެގަޑިން ހަވީރު 6.30ގައި ފަށާ އަންހެންކުދިންގެ 200މ ދުވުމުގެ ހީޓްގައި ވާދަކުރާނީ ޢާއިޝަތު ސަރާއެވެ. ސަރާގެ އިތުރުން މިހީޓްގައި ދެންވާދުރަނީ ޗައިނީސް ޓައިޕޭ، ތައިލެންޑް، ކުވައިތު، ޖަޕާން އަދި ހޮންގކޮންގް އެތުލީޓުންނެވެ. 200މ ދުވުމުގައި ސަރާގެ ޕަރސަނަލް ބެސްޓް ޓައިމަކީ 29.16ސިކުންތެވެ.

ޢަލީ އަނާލް ވާދަކުރާނީ ރާއްޖެގަޑިން ރޭނގަޑު 7.05ގައި ފަށާ ފިރިހެންކުދިންގެ 200މ ދުވުމުގެ ފުރަތަމަ ހީޓްގައެވެ. މިހީޓްގައި އަނާލްގެ އިތުރުން ސްރީލަންކާ، އިންޑޮނޭޝިއާ، މަކާއޯ، ތައިލެންޑް އަދި އީރާންގެ އެތުލީޓުން މިހީޓްގައި ވާދަކުރެއެވެ.

ޙުސައިން ޝަހުދާން ފަހުމީ ވާދަކުރާނީ ރޭނގަޑު 7.20ގައި ފަށާ 200މ ދުވުމުގެ 3 ވަނަ ހީޓްގައެވެ. ޝަހުދާން މިހީޓްގައި ވާދަކުރާނީ މަކާއޯ، ބަހުރައިން، ތައިލެންޑް، އޯމާން، އީރާން އަދި ބަންގްލަދޭޝްގެ އެތުލީޓުންނާއެކު އެވެ.