20 ވަނަ އޭޝިއަން އެތުލެޓިކްސް ޗެމްޕިއަންޝިޕް


Admin/newsImage/noimage.png

އިންޑިއާގެ ޕޫނާގައި މިހާރު ކުރިޔަށްދާ 20 ވަނަ އޭޝިއަން އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ އަޒްނީމް އަޙްމަދު މިއަދު ވާދަކުރާނެއެވެ.

އަޒްނީމް ވާދަކުރާނީ ފިރިހެނުންގެ 100މ ދުވުމުގެ ފުރަތަމަ ބުރުގައެވެ. ރާއްޖޭގެ ގަޑިން ހަވީރު 5ގައި ފަށާ 100މ ދުވުމުގެ ފުރަތަމަ ރައުންޑުގައި އަޒްނީމް ވާދަކުރާނީ 1 ވަނަ ހީޓްގައެވެ.

އަޒްނީމް ވަނީ 2012 ވަނަ އަހަރު ބޭއްވުނު ލަންޑަން އޮލިމްޕިކްސްގައި 100މ ދުވުން 10.79 ސިކުންތުން ފުރިހަމަކޮށް ރާއްޖޭގެ ގައުމީ ރިކޯޑް ހަދާފައެވެ. އަދި މިމުބާރާތުގެ 100މ ދުވުމުގެ ޕްރިލިމިނަރީ ރައުންޑުން 1ވަނަ ރައުންޑަށް ކޮލިފައި ވެފައެވެ.

ޖެމެއިކާގައި ތަމްރީން ހެދުމުގެ ތެރޭގައި ލިބުނު އަނިޔާގެ ސަބަބުން ރަނގަޅު ނަތީޖާއެއް މިހާތަނަށް ނެރެވިފައި ނުވިޔަސް، މިމުބާރާތުގައި ރަނގަޅު ނަތީޖާއެއް އަޒްނީމްގެ ފަރާތުން ފެނިގެންދާނެކަމަށް ކޯޗް އުއްމީދު ކުރެއެވެ.

އޭޝިއަން އެތުލެޓިކްސް ޗެމްޕިއަންޝިޕްގެ 400މ ދުވުމުގައި ސާއިދު ދުވާގޮތަށް ކުރިން އޮތް ނަމަވެސް، އިންޑީއާގެ ޓްރެއިނިން ތެރޭގައި ދިމާވި ސިއްހީ މައްސަލަތަކާހެދި ސާޢިދު 400މ ގައި ނުދުވާނެއެވެ.

މުބާރާތުގެ ނަތީޖާ ވަގުތުން ބެލުމަށް