20 ވަނަ އޭޝިއަން އެތުލެޓިކްސް ކޮންގްރެސް


Admin/newsImage/noimage.png

އޭޝިއަން އެތުލެޓިކްސް އެސޯސިއޭޝަންގެ ރައީސްކަމަށް ގަތަރުގެ ދަޙުލާން އަލް ޙަމަދު ހޮވިއްޖެއެވެ. ދަހުލާން މިމަގާމަށް ހޮވާފައިވަނީ މިއަދު އިންޑިއާގެ ޕޫނާގައި ކުރިޔަށްދާ 20 ވަނަ އޭޝިއަން އެތުލެޓިކްސް ކޮންގްރެސްގައެވެ.

އޭޝިއާން އެތުލެޓިކްސް އެސޯސިއޭޝަންގެ ރައީސްކަމަށް ދަހުލާން އާއި އެކު ވާދަކުރީ މިހާރުގެ ރައީސް އިންޑިއާގެ ސްރޭޝް ކަލްމާޑީ އެވެ.

އޭޝީއާގެ 45ގައުމުން ބައިވެރިވި މި ކޮންގްރެސްގައި ދަހުލާނަށް 20 ވޯޓް ލިބުނު އިރު ކަލްމާޑީ އަށް ލިބިފައިވަނީ 18 ވޯޓެވެ. އަދި 7 ވޯޓްވަނީ ބާޠިލްވެފައެވެ.

އޭޝިއަން އެތުލެޓިކްސް ކޮންގްރެސްގައި ރާއްޖެ ތަމްސީލް ކުރަނީ އެސޯސިއޭޝަންގެ ރައީސް މުޙައްމަދު ޠަލާލް އާއި ޖެނެރަލް ސެކްރެޓެރީ އަޙްމަދު މުންތަޤިމް އެވެ.