18 ވަނަ އެޓޯލް އިންޓަރ ސްކޫލް އެތުލެޓިކްސް މީޓް


Admin/newsImage/noimage.png
މުބާރާތުގެ ހެނދުނު ދަންފަޅީގައި 9 އިވެންޓް ކުރިޔަށް ގެންދިޔުމަށް ރޭވިފައި ވީނަމަވެސް، މޫސުމް ގޯސްވުމުގެ ސަބަބުން ކުރިޔަށް ގެންދެވިފައިވަނީ 5 އިވެންޓެވެ. އެއީ 11 އަދި 13 އަހަރުންދަށުގެ އަންހެން ފިރިހެން 80މ ދުވުމާއި، 15 އަހަރުންދަށުގެ އަންހެން ކުދިންގެ ލޯންގް ޖަމްޕް އެވެ.

15 އަހަރުން ދަށުގެ އަންހެން ކުދިންގެ ލޯންގް ޖަމްޕްއިން 1 ވަނަ ހޯދީ ހދ. އަތޮޅު މަދަރުސާގެ އާމިނަތު ނިހާ އެވެ.

މުބާރާތުގެ މެންދުރު ފަހު ދަންފަޅީގައި 14 އިވެންޓް ކުރިޔަށް ދިޔައެވެ. 17 އަހަރުންދަށުގެ ފިރިހެން ކުދިންގެ ލޯންގް ޖަމްޕް އިން 1 ވަނަ ހޯދީ ޝަރަފުއްދީން ސްކޫލްގެ ޙުސައިން ޝަހުދާން ފަހުމީ އެވެ.

11 އަހަރުންދަށުގެ ފިރިހެން ކުދިންގެ 80މ ދުވުމުން 1 ވަނަ ހޯދީ ހދ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ޙުސައިން ސިރާޖް އެވެ. އަދި މި ޢުމުރުފުރާގެ އަންހެން ކުދިންގެ 80މ ދުވުމުން 1 ވަނަ ހޯދީ ހދ. އަތޮޅު މަދަރުސާގެ ފާޠިމަތު ޝިޢުރާއެވެ. 13 އަހަރުން ދަށުގެ ފިރިހެން ކުދިންގެ 80މ ދުވުމުން 1 ވަނަ ޣިޔާޘުއްދީން އިންޓަރނޭޝަނަލް ސްކޫލްގެ ޙުސައިން ލަޔާން އަދި މި ޢުމުރުފުރާގެ އަންހެންކުދިންގެ 80މ ދުވުމުން 1 ވަނަ ހދ. އަތޮޅު ތަޢުލީމީ މަރުކަޒުގެ މަރްޔަމް ޢަލީ އެވެ.

17 އަހަރުން ދަށުގެ ފިރިހެން ކުދިންގެ ލޯންގް ޖަމްޕް އިން 1 ވަނަ ހޯދީ ޝަރަފުއްދީން ސްކޫލް (އައްޑޫ ސިޓީ)ގެ ޙުސައިން ޝަހުދާން ފަހުމީއެވެ. 13 އަހަރުން ދަށުގެ ފިރިހެން ކުދިންގެ ލޯންގް ޖަމްޕް އިން 1 ވަނަ ހޯދީ ހދ. އަތޮޅު ތަޢުލީމީ މަރުކަޒުގެ މުޙައްމަދު އާލިފް އިސްމާޢީލް އެވެ.

15 އަހަރުން ދަށުގެ ފިރިހެން ކުދިންގެ 400މ ދުވުމުން 1 ވަނަ ހޯދީ ޖަލާލުއްދީން ސްކޫލްގެ އަސްއަދު އަޙްމަދު އަދި މިޢުމުރުފުރާގެ އަންހެން ކުދިންގެ 400މ ދުވުމުން 1 ވަނަ ހޯދީ ޖަލާލުއްދީން ސްކޫލްގެ ނަޝާ ނިޒާރެވެ. 17 އަހަރުން ދަށުގެ ފިރިހެން ކުދިންގެ 400މ ދުވުމުން 1 ވަނަ ހޯދީ ޖަލާލުއްދީން ސްކޫލްގެ ޙުސައިން ރިޒާ އަދި މިޢުމުރުފުރާގެ އަންހެން ކުދިންގެ 400މ ދުވުމުން 1 ވަނަ ހޯދީ ހިރިޔާ ސްކޫލްގެ ޢާއިޝަތު ސަރާއެވެ.

3 ވަނަ ދުވަހުގެ އިވެންޓްތަކާ އެކު މުބާރާތުގެ ޕޮއިންޓް ޓޭބަލްގައި 11 އަހަރުން ދަށުގެ ފިރިހެން ކުދިންގެ ބައިން 36 ޕޮއިންޓާއެކު 1 ވަނަ ހދ. އަތޮޅު ތަޢުލީމީ މަރުކަޒު، 13 އަހަރުން ދަށުގެ ފިރިހެން ކުދިންގެ ބައިން 30 ޕޮއިންޓާއެކު 1 ވަނަ ހދ. އަތޮޅު ތަޢުލީމީ މަރުކަޒު، 15 އަހަރުން ދަށުގެ ފިރިހެން ކުދިންގެ ބައިން 34 ޕޮއިންޓާއެކު ޖަލާލުއްދީން ސްކޫލް އަދި 17 އަހަރުން ދަށުގެ ފިރިހެން ކުދިންގެ ބައިން 31 ޕޮއިންޓާއެކު 1 ވަނަ ޝަރަފުއްދީން ސްކޫލް (އައްޑޫ ސިޓީ) ވަނީ ހޯދާފައެވެ.

11 އަހަރުން ދަށުގެ އަންހެން ކުދިންގެ 1ވަނަ ހދ. އަތޮޅު މަދަރުސާ 16ޕޮއިންޓް، 13 އަހަރުން ދަށުގެ އަންހެން ކުދިންގެ 1 ވަނަ ހދ. އަތޮޅު ތަޢުލީމީ މަރުކަޒު 45 ޕޮއިންޓް، 15 އަހަރުން ދަށުގެ އަންހެން ކުދިންގެ 1 ވަނަ ޖަލާލުއްދީން ސްކޫލް 31 ޕޮއިންޓް އަދި 17 އަހަރުން ދަށުގެ އަންހެން ކުދިންގެ 1 ވަނަ ހިރިޔާ ސްކޫލް (މާލޭ ސިޓީ) 15 ޕޮއިންޓުން ވަނީ ހޯދާފައެވެ.