އައި އޭ އޭ އެފް ބީ ސްކޮލަރޝިޕް ޕްރޮޖެކްޓް


Admin/newsImage/noimage.png
އޮލިމްޕިކް ކޮމެޓީން ދިން ޓްރެއިނިން ސްކޮލަޝިޕެއްގެ ދަށުން ޖެމެއިކާގައި ތަމްރީން ހަދަމުން އަންނަ ހަސަން ސާއިދު އިންޓަނޭޝަނަލް އެސޯސިއޭޝަން އޮފް އެތުލެޓިކްސް ފެޑެރޭޝަން (އައިއޭއޭއެފް) ގެ ސްކޮލަޝިޕަކަށް ކޮލިފައިވެއްޖެ އެވެ. މިއީ ރާއްޖޭގެ އެތުލީޓަކު އައި އޭ އޭ އެފް ސްކޮލަރޝިޕަކަށް ކޮލިފައިވި ފުރަތަމަ ފަހަރެވެ.

ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ސްކޮލަޝިޕަށް ކޮލިފައިވީ، މި މަހު 3 ވަނަ ދުވަހު ޖެމެއިކާގައި ޖޭއޭއޭ ޑިވެލޮޕްމަންޓް މީޓުގެ 400 މީޓަރުގެ ދުވުމުގައި 47:48 ސިކުންތުން ރޭސް ނިންމުމުންނެވެ. މި ޓައިމިން އަކީ އައިއޭއޭއެފްގެ ޓްރެއިނިން ސްކޮލަޝިޕަށް ކޮލިފައިވާ ޓައިމިން އެކެވެ.

އައިއޭއޭއެފްގެ ސްކޮލަޝިޕުގެ ދަށުން ސާއިދު ތަމްރީން ހެދުމަށް ފުރުސަތު ހޯދާނީ މިހާރު ވެސް ތަމްރީން ކުރިއަށްގެންދާ ޖެމެއިކާ ނުވަތަ އެމެރިކާގަ އެވެ. އެތުލެޓިކްސް އެސޯސިއޭޝަނުން މިހާރު ވަނީ ސްކޮލަޝިޕަށް އެޕްލައިކޮށްފައެވެ.

ޖެމެއިކާގައި ހަދާ ތަމްރީންތަކާ އެކު ސާއިދާއި އަޒްނީމަށް ވަނީ ބޮޑު ކުރިއެރުމެއް ލިބިފަ އެވެ. އެގޮތުން ސާއިދު ވަނީ ރާއްޖޭގެ 400 މީޓަރުގެ ދުވުމުގެ ގައުމީ ރެކޯޑް އެއް މަސް ތެރޭ ތިން ފަހަރަށް މުގުރާލައި އަދި 100 މީޓަރުގެ ރެކޯޑް މުގުރައި ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާގެ ޝަރަފް ހޯދައިފަ އެވެ.