18 ވަނަ އެޓޯލް އިންޓަރ ސްކޫލް އެތުލެޓިކްސް މީޓް


Admin/newsImage/noimage.png
18 ވަނަ އެޓޯލް އިންޓަރ ސްކޫލް އެތުލެޓިކްސް 2 ވަނަ ދުވަހުގެ މެންދުރު ފަހުގެ ސެޝަންގައި 13 އިވެންޓް ކުރިޔަށް ދިޔައެވެ.

11 އަހަރުން ދަށުގެ ފިރިހެން ކުދިންގެ 50މ ދުވުމުން 1 ވަނަ ހޯދީ ހދ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ޢުމަރު އާހިލް އިބްރާހީމް އެވެ. މިއުމުރުފުރާގެ އަންހެން ކުދިންގެ 50މ ދުވުމުން 1 ވަނަ ހޯދީ ހދ. އަތޮޅު މަދަރުސާގެ ފާޠިމަތު ޝިޢުރާއެވެ.

13 އަހަރުން ދަށުގެ އަންހެން ކުދިންގެ ލޯންގް ޖަމްޕް އިން 1 ވަނަ ހޯދީ ހދ. ތަޢުލީމީ މަރުކަޒުގެ މައިޝާ ޢަލީ އެވެ. 13 އަހަރުން ދަށުގެ ފިރިހެން ކުދިންގެ 200މ ދުވުމުން 1 ވަނަ ހޯދީ ހދ. އަތޮޅު ތަޢުލީމީ މަރުކަޒުގެ އިސްމާޢީލް ޒަޔާން އެވެ. އަދި މިޢުމުރުފުރާގެ އަންހެން ކުދިންގެ 200މ ދުވުމުން 1 ވަނަ ހޯދީ ހދ. އަތޮޅު ތަޢުލީމީ މަރުކަޒުގެ މައިޝާ އާދަމް އެވެ.

15 އަހަރުންދަށުގެ ފިރިހެން ކުދިންގެ 200މ ދުވުމުން 1 ވަނަ ހޯދީ ޖަލާލުއްދީން ސްކޫލްގެ އަސްއަދު އަޙްމަދު އެވެ. 15 އަހަރުން ދަށުގެ އަންހެން ކުދިންގެ 200މ ދުވުމުން 1 ވަނަ ހޯދީ ޖަލާލުއްދީން ސްކޫލްގެ ނަޝާ ނިޒާރު އެވެ. 17 އަހަރުން ދަށުގެ ފިރިހެން ކުދިންގެ 200މ ދުވުމުން 1 ވަނަ ހޯދީ ޝަރަފުއްދީން ސްކޫލް (އައްޑޫ ސިޓީ)ގެ ޙުސައިން ޝަހުދާން ފަހުމީ އެވެ. މިޢުމުރުފުރާގެ އަންހެން ކުދިންގެ 200މ ދުވުމުން 1 ވަނަ ހޯދީ ހިރިޔާ ސްކޫލްގެ ޢާއިޝަތު ސަރާއެވެ.

15 އަހަރުން ދަށުގެ ފިރިހެން ކުދިންގެ 1500މ ދުވުމުން 1 ވަނަ ހޯދީ ޖަލާލުއްދީން ސްކޫލްގެ ނައުފަލް އަޙްމަދު އެވެ. މިޢުމުރުފުރާގެ އަންހެން ކުދިންގެ 1500މ ދުވުމުން 1 ވަނަ ހޯދީ ޖަލާލުއްދީން ސްކޫލްގެ ޝާނިޔާ އަޙްމަދު އެވެ.

2 ވަނަ ދުވަހުގެ އިވެންޓްތަކާ އެކު މުބާރާތުގެ ޕޮއިންޓް ޓޭބަލްގައި 11 އަހަރުން ދަށުގެ ފިރިހެން ކުދިންގެ ބައިން 18 ޕޮއިންޓާއެކު 1 ވަނަ ހދ. އަތޮޅު ތަޢުލީމީ މަރުކަޒު، 13 އަހަރުން ދަށުގެ ފިރިހެން ކުދިންގެ ބައިން 21 ޕޮއިންޓާއެކު 1 ވަނަ ހދ. އަތޮޅު ތަޢުލީމީ މަރުކަޒު، 15 އަހަރުން ދަށުގެ ފިރިހެން ކުދިންގެ ބައިން 23 ޕޮއިންޓާއެކު ޖަލާލުއްދީން ސްކޫލް އަދި 17 އަހަރުން ދަށުގެ ފިރިހެން ކުދިންގެ ބައިން 20 ޕޮއިންޓާއެކު 1 ވަނަ ޝަރަފުއްދީން ސްކޫލް (އައްޑޫ ސިޓީ) ވަނީ ހޯދާފައެވެ.

11 އަހަރުން ދަށުގެ އަންހެން ކުދިންގެ 1ވަނަ ހދ. އަތޮޅު ތަޢުލީމީ މަރުކަޒު 12ޕޮއިންޓް، 13 އަހަރުން ދަށުގެ އަންހެން ކުދިންގެ 1 ވަނަ ހދ. އަތޮޅު ތަޢުލީމީ މަރުކަޒު 36 ޕޮއިންޓް، 15 އަހަރުން ދަށުގެ އަންހެން ކުދިންގެ 1 ވަނަ ޖަލާލުއްދީން ސްކޫލް 23 ޕޮއިންޓް އަދި 17 އަހަރުން ދަށުގެ އަންހެން ކުދިންގެ 1 ވަނަ ހިރިޔާ ސްކޫލް (މާލޭ ސިޓީ) 10 ޕޮއިންޓުން ވަނީ ހޯދާފައެވެ.