18 ވަނަ އެޓޯލް އިންޓަރ ސްކޫލް އެތުލެޓިކްސް މީޓް
18 ވަނަ އެޓޯލް އިންޓަރ ސްކޫލް އެތުލެޓިކްސް މީޓް ހދ. ކުޅުދުއްފުށީގައި މިއަދު ފަށައިފިއެވެ. މުބާރާތުގައި 4 ޢުމުރުފުރާގެ 2 ޖިންސުން 312 އެތުލީޓުން ވާދަކުރެއެވެ.
މުބާރާތުގެ ހެނުދުނުގެ ދަންފަޅީގައި 13 އިވެންޓް ކުރިޔަށް ދިޔައެވެ.
11 އަހަރުންދަށުގެ ފިރިހެން ކުދިންގެ ސޮފްޓްބޯލް ތްރޯވް އިން 1 ވަނަ ހޯދީ ހދ. އަތޮޅު ތަޢުލީމީ މަރުކަޒުގެ އިސްމާޢީލް ރަޒާން އެވެ. މިޢުމުފުރާގެ އަންހެން ކުދިންގެ ސޮފްޓްބޯލް ތްރޯވް އިން 1 ވަނަ ހޯދީ ކުރިނބީ ސްކޫލްގެ ޢާއިޝަތު ސުހާއެވެ. 15 އަހަރުން ދަށުގެ ފިރިހެން ކުދިންގެ 800މ ދުވުމުން 1 ވަނަ ހޯދީ ޖަލާލުއްދީން ސްކޫލްގެ އަސްއަދު އަޙްމަދު އެވެ. މިޢުރުފުރާގެ އަންހެން ކުދިން 800މ ދުވުމުން 1 ވަނަ ހޯދީ ޖަލާލުއްދީން ސްކޫލްގެ ޝާނިޔާ އަޙްމަދު އެވެ. 17 އަހަރުން ދަށުގެ ފިރިހެން ކުދިންގެ 800މ ދުވުމުން 1 ވަނަ ހޯދީ ޝަރަފުއްދީން ސްކޫލް (އައްޑޫ ސިޓީ)ގެ މުޙައްމަދު ޢަލްފާފް އެވެ.
13 އަހަރުން ދަށުގެ ފިރިހެން ކުދިން ހާޑްބޯލް ތްރޯވ އިން 1 ވަނަ ހޯދީ ހދ. އަތޮޅު ތަޢުލީމީ މަރުކަޒުގެ މުޙައްމަދު އާލިފް އިސްމާޢީލް އެވެ. 11 އަހަރުން ދަށުގެ އަންހެން އަދި ފިރިހެން ކުދިންގެ 80މ ރިލޭއިން 1 ވަނަ ހޯދީ ހދ. އަތޮޅު ތަޢުލީމީ މަރުކަޒެވެ.
މުބާރާތުގެ އޯޕަނިން ސަރަމަނީ އޮންނާނީ މިއަދު ހަވީރު 4.00ގައެވެ.
މުބާރާތުގެ ޝެޑިއުލް http:
athletics.org.mv/Admin/downloads/daily_pogram.pdf މުބާރާތުގެ އެންމެ ފަހުގެ ނަތީޖާ http:
athletics.org.mv/Admin/downloads/official_result_18th_Atoll_Interschool.pdf