ޖޭ އޭއޭއޭ ޑިވެލޮޕްމަންޓް މީޓް 4


Admin/newsImage/noimage.png
ރާއްޖޭގެ 400 މީޓަރު ދުވުމުގެ ގައުމީ ރެކޯޑް ހަސަން ސާއިދު ހަތަރު ވަނަ ފަހަރަށް މުގުރާލައި ތާރީޚުގެ ތެރެއަށް ވަދެއްޖެ އެވެ.

ޖެމެއިކާގެ ވެރިރަށް ކިންގްސްޓަނުގައި އިއްޔެ ހެނދުނު ކުރިއަށް ދިޔަ ޖޭއޭއޭ ޑިވެލޮޕްމަންޓް މީޓުގެ 400 މީޓަރުގެ ދުވުމުގައި ސާއިދު ރެކޯޑް މުގުރާލީ 47:48 ސިކުންތުން ރޭސް ނިންމައިގެންނެވެ. މިއީ ސާއިދު އެއް މަސް ދުވަސް ތެރޭ ރެކޯޑް މުގުރާލި ތިން ވަނަ ފަހަރެވެ. އިއްޔެގެ ރޭހުގެ 3ވަނަ ހީޓު ސާއިދު ކާމިޔާބުކުރިއިރު 7ހީޓެއްގައި ވާދަކުރި 40 ދުވުންތެރިންގެ ތެރެއިން ސާޢިދު ދިޔައީ ނުވަ ވަނަ އަށެވެ.

އިއްޔެގެ ކާމިޔާބީއާ އެކު ސާއިދު ތާރީޚުން ޖާގަ ހޯދީ ރާއްޖޭގެ އެތުލެޓިކްސްގެ ތާރީހުގައި 48 ސިކުންތަށް ވުރެ އަވަހަށް 400 މީޓަރުގެ ރޭހެއް ނިންމި ފުރަތަމަ ދުވުންތެރިއާގެ ގޮތުގަ އެވެ.

ސާއިދު މިދިޔަ މަހުގެ 27 ގައި މި ރެކޯޑް މުގުރާލީ ޖޭއޭއޭ ޑިވެލޮޕްމަންޓް މީޓުގައި 48.04 ސިކުންތުން ރޭސް ނިންމައިގެންނެވެ. އޭނާ މިދިޔަ މަހުގެ 12 ވަނަ ދުވަހު ޖޭއޭއޭ އޯލްކަމާސް މީޓުގައި މި ރެކޯޑް މުގުރާލީ 48.14 ސިކުންތުން ނިންމައިގެނެވެ.

ސާއިދާ އެކު ޖެމެއިކާގައި ތަމްރީން ހަދަމުން އަންނަ އަޒްނީމް އަހުމަދު އަނިޔާގެ ސަބަބުން މި ރޭހުގައި ބައިވެރި ނުވެއެވެ