އެޓޯލް އިންޓަރ ސްކޫލް އެތުލެޓިކްސް މީޓް


Admin/newsImage/noimage.png
ޖޫން މަހުގެ 10ން 13އަށް ހދ. ކުޅުދުއްފުށީގައި ބޭއްވުމަށް ހަމަޖެހިފައިވާ 18 ވަނަ އެޓޯލް އިންޓަރ ސްކޫލް އެތުލެޓިކްސް މީޓްގައި 14 ސްކޫލަކުން 53 ޓީމް ވަނީ ބައިވެރިކޮށްފައެވެ. މުބާރާތުގައި ބައިވެރިވެފައިވާ ސްކޫލްތަކަކީ ހދ. ކުޅުދުއްފުށީ ޖަލާލުއްދީން ސްކޫލް، ހދ. އަތޮޅު ތަޢުލީމީ މަރުކަޒު، ހދ. ކުޅުދުއްފުށީ ޢަފީފުއްދީން ސްކޫލް، ހދ. އަތޮޅު މަދަރުސާ، ހދ. ކުރިނބީ ސްކޫލް، ހދ. ނޮޅިވަރަމް ސްކޫލް، ހދ. ނޮޅިވަރަމްފަރު ސްކޫލް، މާލޭ ސިޓީ ބިލަބޮންގ ހައި އިންޓަރނޭޝަނަލް ސްކޫލް، ކަލާފާން ސްކޫލް، ތާޖުއްދީން ސްކޫލް، އިސްކަންދަރު ސްކޫލް، ދަރުމަވަންތަ ސްކޫލް އަދި އައްޑޫ ސިޓީ ޝަރަފުއްދީން ސްކޫލެވެ.

މުބާރާތް ކުރިޔަށް ދާނީ 4 އުމުރުފުރާގެ ދެޖިންސްގެ ކުދިންގެ މެދުގައެވެ. މުބާރާތް ކުރިޔަށްދާ ޢުމުރުފުރާތަކަކީ 11އަހަރުން ދަށް، 13އަހަރުންދަށް 15 އަހަރުންދަށް އަދި 17 އަހަރުން ދަށުގެ ޢުމުރުފުރާއެވެ.

2012ވަނަ އަހަރު އައްޑޫ ސިޓީގައި ބޭއްވުނު ޑެއިލީމިލްކް 17 ވަނަ އެޓޯލް އިންޓަރ ސްކޫލް އެތުލެޓިކްސް މީޓްގައި 20 ސްކޫލުން 67 ޓީމްގައި ދެޖިންސުން 625 އެތުލީޓުން ވަނީ ވާދަކޮށްފައެވެ.