ޖޭއޭއޭއޭ އޯލްކަމަރސް މީޓް 2


Admin/newsImage/noimage.png
ޖެމެއިކާގެ ކިންގްސްޓަން މާދަމާ ކުރިޔަށްދާ ޖޭ އޭއޭއޭ އޯލްކަމަރސް މީޓް 2ގައި، ޖެމެއިކާގައި މިހާރު ތަމްރީންތަށް ކުރިޔަށްގެންދާ ރާއްޖޭގެ 2 އެތުލީޓުންކަމަށްވާ އަޒްނީމް އަޙްމަދާއި، ޙަސަންސާޢިދު ވާދަކުރާނެއެވެ.

މި މުބާރާތުގައި ޙަސަން ސާޢިދު ވާދަކުރާނީ 400މ ދުވުމުގައެވެ. އަޒްނީމް އަޙްމަދު ވާދަކުރާނީ، 100މ ދުވުމުގައެވެ.

އޯލްކަމަރސް މީޓް1ގައި އިންޖަރީގެ ސަބަބުން އަޒްނީމް އަށް ވާދަނުކުރެވުނުނަމަވެސް ސާއިދު ވަނީ އެމުބާރާތުގައި ވާދަކޮށް ރާއްޖޭގެ 400މ ދުވުމުގެ ގައުމީ ރިކޯޑް ހަދާފައެވެ. މާދަމާގެ ދުވުމަށްވެސް އަޒްނީމް 100ޕަސެންޓް ފިޓް ނުވާކަމަށް އެސޯސިއޭޝަނަށްވަނީ މަޢުލޫމާތު ލިބިފައެވެ.

މުބާރާތުގެ ދުވުން ކުރިޔަށްދާނީ ރާއްޖޭގެ ގަޑިން ފަތިހު 4 ޖަހާއިރުއެވެ.