ޖޭ އޭއޭއޭ އޯލް ކަމަރސް މީޓް


Admin/newsImage/noimage.png
ޖެމެއިކާގެ ކިންގްސްޓަންގައި މިއަދު ކުރިޔަށް ދިޔަ ޖޭއޭއޭއޭ (ޖެމެއިކާ އެތުލެޓިކްސް އެޑްމިނިސްޓްރޭޓިވް އެސޯސިއޭޝަން) އޯލްކަމަރސް މީޓްގެ 400މ ދުވުމުގެ 2 ވަނަ ހީޓް ކާމިޔާބުކޮށް މި އިވެންޓްގެ ރާއްޖޭގެ ގައުމީ ރިކޯޑް ޙަސަން ސާޢިދު މުގުރާލައިފިއެވެ.

5 އެތުލީޓުންނާއެކު ކުރިޔަށް ދިޔަ މިހީޓް ސާއިދު ކާމިޔާބުކޮށްފައިވަނީ 48.14ސިކުންތުންނެވެ. މިއީ ރާއްޖޭގެ 400މ ދުވުމުގެ އައު ރިކޯޑެކެވެ. މިމީޓްގެ 400މ ދުވުމުގެ 4 ހީޓްގައި ވާދަކުރި 25 އެތުލީޓުންގެ ޓައިމިން އަށް ބަލާއިރު ސާއިދުގެ ވަގުތު ހިމެނިފައިވަނީ 3ވަނައަށެވެ.

ރާއްޖޭގެ 400މ ދުވުމުގެ ރިކޯޑް ކުރިން ހަދާފައިވަނީވެސް ޙަސަން ސާޢިދުއެވެ. އެރިކޯޑް ސާއިދު ހަދާފައިވަނީ 2010ވަނަ އަހަރު ދިއްލީގައި ބޭއްވުނު ކޮމަންވެލްތް ގޭމްސްގައި ވާދަކޮށް 48.56ސިކުންތުން ރޭސް ނިންމައިގެންނެވެ.