އެޓޯލް ޖޫނިއަރ ޗެމްޕިއަންޝިޕް


Admin/newsImage/noimage.png
އައްޑޫ ސިޓީގައި މިމަހުގެ 02ން 04އަށް ކުރިޔަށް ދިޔަ މަކީޓާ 7 ވަނަ އެޓޯލް ޖޫނިއަރ ޗެމްޕިއަންޝިޕްގެ އަންހެން އަދި ފިރިހެން ޗެމްޕިއަންކަން ޏ. އަތޮޅު ތަޢުލީމީ މަރުކަޒު ހޯދައިފިއެވެ.

މުބާރާތުގެ ފިރިހެން ޗެމްޕިއަންކަން ޏ. އަތޮޅު ތަޢުލީމީ މަރުކަޒު ހޯދީ 199ޕޮއިންޓް ހޯ÷ދައިގެންނެވެ. އަދި އަންހެން ޗެމްޕިއަންކަން ހޯދީ ޖުމްލަ 90 ޕޮއިންޓް ހޯދައިގެންނެވެ. ފިރިހެނުންގެ ބައިން ޏ. އަތޮޅު ތަޢުލީމީ މަރުކަޒު ވަނީ 11ރަންމެޑަލް، 12 ރިހިމެޑަލް އަދި 12 ލޯމެޑަލް ހޯދާފައެވެ. އަންހެން ބައިން މި ސްކޫލް ވަނީ 11ރަންމެޑަލް، 9 ރިހިމެޑަލް އަދި 7 ލޯމެޑަލް ހޯދާފައެވެ.

މުބާރާތުގެ އެންމެ މޮޅު ފިރިހެން އެތުލީޓަކަށް ހޮވިފައިވަނީ ޏ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ޢަލީ ނުޢައިފްއެވެ. އޭނާވަނީ ވާދަކުރި 3 އިވެންޓުން ރަން މެޑަލް ހޯދާފައެވެ. މުބާރާތުގެ އެންމެ މޮޅު އަންހެން އެތުލީޓަކަށް ހޮވިފައިވަނީ މަދުރަސަތުލް ޝައިޚް މުޙައްމަދު ޖަމާލުއްދީންގެ ފާޠިމަތު ޝަދާ ޢަބްދުﷲ އެވެ. އޭނާ ވަނީ އޭނާ ވާދަކުރި 3 އިވެންޓްގެ ތެރެއިން 2 އިވެންޓުން ރަންމެޑަލް އަދި ރިހި މެޑަލް ހޯދާފައެވެ.