ގައުމީ ކަސްރަތު މުބާރާތް


Admin/newsImage/noimage.png
މުބާރާތުގެ ފަހު ދުވަހު ކުރިޔަށް ދިޔައީ 4 އިވެންޓެވެ. އެއީ ފިރިހެން އަދި އަންހެން 100މ ރިލޭ އާއި ފިރިހެން އަދި އަންހެން 100މ ދުވުމުވެ.

ފިރިހެން 100މ ރިލޭ ދިވެހި ސިފައިންގެ ކްލަބް ކާމިޔާބުކުރީ 46.2ސިކުންތުންނެވެ. އަންހެނުންގެ 100މ ރިލޭ ވެސް 57.4ސިކުންތުން ކާމިޔާބު ކުރީ ދިވެހި ސިފައިންގެ ކްލަބެވެ.

ފިރިހެނުންގެ 100މ ދުވުން 11.2ސިކުންތުން އެމް އެސް ހެލްޕިން ހޭންޑްގެ އަލީ އަނާލް ކާމިޔާބު ކުރިއިރު އަންހެނުންގެ 100މ ދުވުން ކާމިޔާބުކުރީ 13.2ސިކުންތުން ދިވެހި ސިފައިންގެ ކްލަބްގެ އަފާ އިސްމާޢީލް އެވެ.