ގައުމީ ކަސްރަތު މުބާރާތް


Admin/newsImage/noimage.png
23 ވަނަ ގައުމީ ކަސްރަތު މުބާރާތުގެ 2 ވަނަ ދުވަހު 10 އިވެންޓް ކުރިޔަށް ދިޔައެވެ.

2 ވަނަ ދުވަހު ކުރިޔަށް ދިޔަ އިވެންޓްތަކުގެ ތެރެއިން ފިރިހެނުންގެ ލޯންގް ޖަމްޕް އިވެންޓުން 1 ވަނަ ހޯދީ މޭޑް ރަނަރސްގެ ހާޒިފް މުޙައްމަދު އެވެ. އޭނާ ލޯންގް ޖަމްޕް ކޮށްފައިވަނީ 6.17މީޓަރަށެވެ. އަންހެނުންގެ ލޯންގް ޖަމްޕް އިން 1 ވަނަ 4.44މީޓަރަށް ފުންމައިގެން ހޯދީ ދިވެހި ސިފައިންގެ ކްލަބްގެ އަފާ އިސްމާޢީލް އެވެ.

ފިރިހެނުންގެ ޖެވެލިން ތްރޯވް 37.15މީޓަރަށް އެއްލައިގެން މިއިވެންޓް ކާމިޔާބު ކުރީ ޒިފިއަސް ސްޕޯޓްސް ކްލަބްގެ އަޙްމަދު އަފްސަން ރަޝާދު އެވެ.

ފިރިހެނުންގެ 800މ ދުވުން 2މިނިޓް 4ސިކުންތުން ދިވެހި ސިފައިންގެ ކްލަބްގެ އަޙްމަދު ޙަސަން ކާމިޔާބު ކުރިއިރު އަންހެނުންގެ ބައިން މިއިވެންޓް ކާމިޔާބު ކުރީ ދިވެހި ސިފައިންގެ ކްލަބްގެ އާމިނަތު ނަޒްރާ އެވެ. އޭނާ ދުވުން ފުރިހަމަ ކުރީ 3މިނިޓް 6.2ސިކުންތުންނެވެ.

ފިރިހެނުންގެ 200މ ދުވުމުން 1 ވަނަ ހޯދީ 23.3ސިކުންތުން ރޭސް ނިންމައިގެން ދިވެހި ސިފައިންގެ ކްލަބުގެ ޙުސައިން އިނާޝް އެވެ. އަދި އަންހެނުންގެ 200މ ދުވުމުން 1 ވަނަ ހޯދީ 28.0ސިކުންތުން ރޭސްނިންމައިގެން ދިވެހި ސިފައިންގެ ކްލަބްގެ އަފާ އިސްމާޢީލް އެވެ.

ފިރިހެނުންގެ އަދި އަންހެން 400މ ރިލޭ ކާމިޔާބުކުރީ ދިވެހި ސިފައިންގެ ކްލަބެވެ. ފިރިހެނުންގެ 400މ ރިލޭ 3މިނިޓް 46.3ސިކުންތުން ނިންމިއިރު އަންހެން ޓީމް ރޭސް ނިންމާފައިވަނީ 5މިނިޓް 1.4ސިކުންތުންނެވެ.

ފިރިހެނުންގެ 10000މ ދުވުމުން 1 ވަނަ ހޯދީ ދިވެހި ސިފައިންގެ ކްލަބްގެ ޝިފާޒް މުޙައްމަދު އެވެ.

މުބާރާތުގެ 2 ވަނަ ދުވަހުގެ އިވެންޓްތަކާއެކު ފިރިހެނުންގެ ބައިން 77 ޕޮއިންޓާއެކު 1 ވަނައިގައި ވަނީ ދިވެހި ސިފައިންގެ ކްލަބެވެ. 52 ޕޮއިންޓާއެކު އަންހެނުންގެ ބައިންވެސް 1 ވަނަ ލިބެނީ ދިވެހި ސިފައިންގެ ކްލަބަށެވެ.