ގައުމީ ކަސްރަތު މުބާރާތް


Admin/newsImage/noimage.png
23 ވަނަ ގައުމީ ކަސްރަތު މުބާރާތް މިއަދު ފަށައިފިއެވެ.

މުބާރާތުގެ އިވެންޓްތައް ފައްޓަވައިދެއްވީ މުބާރާތުގެ ޝަރަފްވެރި މެހުމާން، ރާއްޖޭގެ ފުރަތަމަ އޮލިމްޕިއަން އެތުލީޓް އަދި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ނާއިބް ރައީސް ޑރ. ޙުސައިން ޙަލީމް (ކުޑަ ޙުސައިން)އެވެ.

އޭޕްރީލް މަހުގެ 23ން 25ގެ ނިޔަލަށް ކުރިޔަށްދާ މިމުބާރާތުގައި 5 ކްލަބުން 10 ޓީމް ވާދަކުރެއެވެ. މުބާރާތުގައި ވާދަކުރާ ކްލަބްތަކަކީ ދިވެހި ސިފައިންގެ ކްލަބް، މޯލްޑިވްސް އެސޯސިއޭޝަން ފޮރ ޑިސްޓެންސް ރަނަރސް (މޭޑް ރަނަރސް)، އެމް އެސް ހެލްޕިން ހޭންޑް، ޒިފިއަސް ސްޕޯޓްސް ކްލަބް އަދި ކްލަބް އޯލް ސްޓާރ އެވެ.

މުބާރާތުގެ އިވެންޓްތައް ކުރިޔަށް ދަނީ ކޮންމެ ދުވަހެއްގެ ހަވީރު 4.00ން 6.00އަށް އަދި ރޭނގަޑު 8.00ން 10.00އަށެވެ.