މޯލްޑިވިއަން ހާފްމެރަތަން ޗެމްޕިއަންޝިޕް


Admin/newsImage/noimage.png
10 ވަނަ ގައުމީ ހާފްމެރަތަން ޗެމްޕިއަންޝިޕް "މޯލްޑިވިއަން" އިން ސްޕޮންސަރކޮށްފިއެވެ. މި މުބާރާތް މޯލްޑިވިއަން އިން ސްޕޮންސަރ ކުރުމުން، މުބާރާތް ކުރިޔަށް ދާނީ "މޯލްޑިވިއަން ހާފް މެރަތަން ޗެމްޕިއަންޝިޕްގެ ގޮތުގައެވެ. މިއީ މޯލްޑިވިއަން އިން މިމުބާރާތް ޖެހިޖެހިގެން ސްޕޮންސަރ ކުރާ 5 ވަނަ އަހަރެވެ.

2012 ވަނަ އަހަރު ބޭއްވުނު މޯލްޑިވިއަން ހާފްމެރަތަން ޗެމްޕިއަންޝިޕް ކާމިޔާބު ކޮށްފައިވަނީ ޝިފާޒް މުޙައްމަދު އާއި ޙަލީމަތު ޢަލީ އެވެ.

މިއަހަރުގެ މުބާރާތް ބޭއްވުމަށް އެސޯސިއޭޝަނުން ނިންމާފައިވަނީ އޮގަސްޓް މަހުގެ 24 ވަނަ ދުވަހުއެވެ.