އައި އޭ އޭ އެފް ލެވެލް 1 ކޯޗިން ކޯސް


Admin/newsImage/noimage.png

އިންޑިއާގެ ޓްރެވިންޑްރަމްގައި ނޮވެމްބަރ މަހުގެ 01ން 12ގެ ނިޔަލަށް ކުރިޔަށްގެންދާ އައި އޭ އޭ އެފް ލެވެލް 1 ކޯޗިން ކޯސް ފުރިހަމަ ކުރުމަށް ރާއްޖޭގެ 2 ކޯޗުން އިންޑިއާއަށް މިއަދު ފުރައިފިއެވެ. ކޯހަށް މިއަދު ފުރީ ރާއްޖޭގެ ކުރީގެ ދެ ދުވުން ތެރިންކަމަށްވާ އައްޑޫ ސިޓީ ޢަލީ ސާޖިދް އާއި ގއ. ނިލަންދޫ ޝިފާޒް ރާޝިދު އެވެ.

ޢަލީ ސާޖިދް އަކީ 2013ވަނަ އަހަރުން ފެށިގެން އައްޑޫ ސިޓީގެ ސްކޫލްތަކުގައި އެތުލެޓިކްސް ކޯޗެއްގެ ގޮތުގައި މަސައްކަތް ކޮށް ގިނަ ކާމިޔާބުތަކެއް ހޯދަމުން އަންނަ ކޯޗެކެވެ. އަދި ޝިފާޒް ރާޝިދު އަކީ 2003ން 2005އަށް ގައުމީ އެތުލެޓިކްސް ޓިމްގައި ހިމެނި 2012ވަނަ އަހަރުން ފެށިގެން ސްކޫލް ލެވެލްގައި ކޯޗެއްގެ ގޮތުގައި މަސައްކަތް ކޮށް ގިނަ ކާމިޔާބީތަކެއް ހޯދަމުން އަންނަ ކޯޗެކެވެ.