ޔޫޓެކް ކްލެސިކްސް 2013


Admin/newsImage/noimage.png
ޖެމެއިކާގެ ކިންގްސްޓަންގައި ބޭއްވުނު "ޔޫޓެކް ކްލެސިކްސް 2013"ގެ 200މ އިންވިޓޭޝަނަލް ދުވުމުގެ 5 ވަނަ ހީޓްގައި ވާދަކުރި ރާއްޖޭގެ ޙަސަން ސާޢިދު 22.16ސިކުންތުން ދުވުން ނިންމައި މިހީޓް ކާމިޔާބުކޮށްފިއެވެ.

ޖުމްލަ 39 އެތުލީޓުން 7 ހީޓްގައި ވާދަކުރި މިއިވެންޓުން ސާއިދު ގޮސްފައިވަނީ 12 ވަނަ އަށެވެ.

މި މުބާރާތުގައި ރާއްޖޭގެ އަޒްނީމް ވާދަކޮށްފައިވަނީ 100މ އިންވިޓޭޝަނަލް ދުވުމުގެ 7 ވަނަ ހީޓްގައެވެ. 11.01ސިކުންތުން މިހީޓް އަޒްނީމް ނިންމާފައިވަނީ 6ވަނަ އަށެވެ.

52 އެތުލީޓުން 8 ހީޓްގައި ވާދަކުރި މިއިވެންޓުން އަޒްނީމް ގޮސްފައިވަނީ 30 ވަނަ އަށެވެ.