އެސޯސިއޭޝަން ޗެމްޕިއަންޝިޕް


Admin/newsImage/noimage.png

މެއި މަހުގެ 02ން 04އަށް މާލޭގައި ބޭއްވުމަށް ކަލަންޑަރ ކުރެވިފައިވާ އެސޯސިއޭޝަން ޗެމްޕިއަންޝިޕްގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

3 ދުވަހުގެ މުއްދަތަށް ބާއްވާ މުބާރާތުގައި 2 ޢުމުރުފުރާއަކުން 42 އިވެންޓް ބާއްވަން ވަނީ ނިންމާފައެވެ. އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ ޢުމުރުފުރާތަކަކީ 15 އަހަރުންދަށް އަންހެން އަދި ފިރިހެން 15 އަހަރުން މަތި އަންހެން އަދި ފިރިހެން ޢުމުރުފުރާއެވެ.

މުބާރާތުގައި ބައިވެރިވުމުގެ ފަހު ތާރީޚަކީ މިހިނގާ މާރޗް މަހުގެ 21 ވަނަ ދުވަހެވެ.