މަކީޓާ ޖޫނިއަރ އެތުލެޓިކްސް ޗެމްޕިއަންޝިޕް


Admin/newsImage/noimage.png

މާރޗް މަހުގެ 24ން 28އަށް ބޭއްވުމަށް ކަލަންޑަރ ކުރެވިފައިވާ މަކީޓާ ޖޫނިއަރ އެތުލެޓިކްސް ޗެމްޕިއަންޝިޕް ފުވައްމުލަކު ސިޓީގައި ބާއްވާގޮތަށް ނިންމައި މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

5 ދުވަހުގެ މުއްދަތަށް ބާއްވާ މުބާރާތުގައި 8 ޢުމުރުފުރާއަކުން 102 އިވެންޓް ބާއްވަން ވަނީ ނިންމާފައެވެ. ޖޫނިއަރ އެތުލެޓިކްސް ޗެމްޕިއަންޝިޕްގެ ޢުމުރުފުރާތަކަކީ 13 އަހަރުންދަށް އަންހެން ފިރިހެން، 15 އަހަރުންދަށް އަންހެން އަދި ފިރިހެން އަދި 17 އަހަރުން ދަށުގެ އަންހެން އަދި ފިރިހެން އަދި 19 އަހަރުން ދަށުގެ އަންހެން އަދި ފިރިހެން ޢުމުރުފުރާއެވެ.

މުބާރާތުގެ އަންހެން އަދި ފިރިހެން ޗެމްޕިއަންޓީމަށް 7000.00ރުފިޔާ، ދެވަނަ ޓީމަށް 5000.00ރުފިޔާ އަދި ތިންވަނަ ޓީމަށް 3000.00 ރުފިޔާގެ އިނާމް ވެސް ވަނީ ހުށަހަޅާފައެވެ.

2018 ވަނަ އަހަރު ހދ. ކުޅުދުއްފުށީގައި ބޭއްވުނު 11 ވަނަ މަކީޓާ ޖޫނިއަރ އެތުލެޓިކްސް ޗެމްޕިއަންޝިޕްގެ ފިރިހެން ޗެމްޕިއަންޓީމަކީ ރައުހަތު ސްޕޯޓްސް އެވެ. އަންހެން ޗެމްޕިއަން ޓީމަކީ ކްލަބް ރައިވެރިޔާ އެވެ. ފިރިހެން އެންމެ މޮޅު އެތުލީޓަކަށް ހޮވިފައިވަނީ ރައުހަތު ސްޕޯޓްސްގެ ސުޒައިން މުޙައްމަދު އެވެ. އަދި އަންހެން އެންމެ މޮޅު އެތުލީޓަކަށް ހޮވިފައިވަނީ ކްލަބް ރައިވެރިޔާގެ ޢާއިޝަތު ހިމްނާ ޙުސައިން އެވެ.

މުބާރާތުގައި ބައިވެރިވުމުގެ ފަހު ތާރީޚަކީ މިހިނގާ ފެބުރުއަރީ 14 ވަނަ ދުވަހެވެ.