ޖުމްހޫރީ 50 ނޭޝަނަލް ގްރޯން ޕްރީ 2018


Admin/newsImage/noimage.png

އައްޑޫ ސިޓީގައި މިމަހުގެ 13ން 14އަށް ކުރިޔަށް ދިޔަ ޖުމްހޫރީ 50 ނޭޝަނަލް ގްރޯން އެންމެ މޮޅު އަންހެން އެތުލީޓް، ގައުމީ އެތުލެޓިކްސް ސްކޮޑް ނަޝާ ނިޒާރު އަދި ފިރހެން އެތުލީޓް ގައުމީ އެތުލެޓިކްސް ސްކޮޑްގެ ޙުސައިން ފަޒީލް ހާރޫން ހޯދައިފިއެވެ.

ނަޝާ ނިޒާރު ވަނީ މިމުބާރާތުގައ އޭނާ ވާދަކުރި އަންހެނުންގެ 100މ އަދި އަންހެނުންގެ 200މ ދުވުމުން ރަންމެޑަލް ހޯދާފައެވެ. ޙުސައިން ފަޒީލް ހާރޫން ވަނީ އޭނާ ވާދަކުރި ފިރިހެނުންގެ 1500މ އަދި 3000މ ދުވުމުން ރަންމެޑަލް ހޯދައި 3000މ ދުވުމުގެ ގައުމީ ރިކޯޑް މުގުރާލާފައެވެ.