މައިލޯ އިންޓަރ ސްކޫލް އެތުލެޓިކްސް މީޓް


Admin/newsImage/noimage.png

ޖުލައި މަހުގެ 23ން 26އަށް ފުވައްމުލަކު ސިޓީގައި ބާއްވާ މައިލޯ 21ވަނަ އިންޓަރ ސްކޫލް އެތުލެޓިކްސް މީޓްގައި ބައިވެރިވުމުގެ މުއްދަތު ހަމަވިއިރު މުބާރާތުގައި ރާއްޖޭގެ 27 ސްކޫލަކުން 67ޓީމް ބައިވެރިވުމަށް އެދި ވަނީ ހުށަހަޅާފައެވެ.

މުބާރާތުގައި ބައިވެރިވެފައިވާ ސްކޫލްތަކަކީ ހދ. އަތޮޅު ތަޢުލީމީ މަރުކަޒު، އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލް، އަމީނިއްޔާ ސްކޫލް، ބިލަބޮންގހައި އިންޓަރނޭޝަނަލް ސްކޫލް، ދަރުމަވަންތަ ސްކޫލް، ޖަމާލުއްދީން ސްކޫލް، ތާޖުއްދީން ސްކޫލް، ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލް، ދ. އަތޮޅު މަދަރުސާ، އިސްދޫ ސްކޫލް، މާމެންދޫ ސްކޫލް، ދާންދޫ ސްކޫލް، ގެމަނަފުށި ސްކޫލް، އަބޫބަކުރު ސްކޫލް، ގދ. އަތޮޅު ތަޢުލީމީ މަރުކަޒު، ގދ. އަތޮޅު މަދަރުސާ، ތިނަދޫ ސްކޫލް، ފުވައްމުލަކު ސްކޫލް، ޏ. އަތޮޅު ތަޢުލީމީ މަރުކަޒު، ހާފިޒް އަޙްމަދު ސްކޫލް، މުޙައްމަދު ޖަމާލުއްދީން ސްކޫލް، އައްޑޫ ހައި ސްކޫލް، ހިތަދޫ ސްކޫލް، އިރުޝާދިއްޔާ ސްކޫލް، ކެންގަރޫ ކިޑްސް ހުސައިނިއްޔާ ޕްރީ ޕްރައިމަރީ އިންޓަރނޭޝަނަލް ސްކޫލް، މަރަދޫ ފޭދޫ ސްކޫލް، މަރަދޫ ސްކޫލް އަދި ޝަރަފުއްދީން ސްކޫލެވެ.

މުބާރާތް ކުރިޔަށްދާނީ 3 އުމފުރުރާގެ އަންހެން ފިރިހެން ވަކިންނެވެ. މުބާރާތުގެ ޢުމުރުފުރާތަކަކީ 13އަހަރުންދަށް ފިރިހެން، 13 އަހަރުންދަށް އަންހެން، 15އަހަރުންދަށް ފިރިހެން، 15އަހަރުންދަށް އަންހެން، 17އަހަރުންދަށް ފިރިހެން އަދި 17 އަހަރުންދަށުގެ އަންހެން އުމުރުފުރާއެވެ.