ބީ އޭ އޭ ސީރީސް


Admin/newsImage/noimage.png

ބޮޓްސްވާނާގެ ފްރެންސިސް ޓައުންގައި ޖެނުއަރީ މަހުގެ 27 ވަނަ ދުވަހު ބޭއްވި ބޮޓްސްވާނާ އެތުލެޓިކްސް އެސޯސިއޭޝަން ސީރީސްގައި ވާދަކުރި ރާއްޖޭގެ މުޙައްމަދު ނާޢިލް 400މ ޖޫނިއަރ ރިކޯޑް އައުކޮށްފިއެވެ.

ނާއިލް 400މ ޖޫނިއަރ ރިކޯޑް އައުކޮށްފައިވަނީ 400މ ދުވުމުގެ 3 ވަނަ ހީޓްގައި ވާދަކޮށް 48.25ސިކުންތުން ރޭސް ނިންމައިގެންނެވެ. މިރިކޯޑް 2016ވަނަ އަހަރުވެސް އައުކޮށްފައިވަނީ ނާއިލް އެވެ. 2016ވަނަ އަހަރު ނާއިލް ރިކޯޑް އައުކޮށްފައިވަނީ ބޮޓްސްވާނާ ނޭޝަނަލް ޗެމްޕިއަންޝިޕްގައި ވާދަކޮށް 48.53ސިކުންތުންނެވެ.

މި މުބާރާތުގައި ބޮޓްސްވާނާގައި ޓްރެއިނިން ހަދަމުން އަންނަ އިބްރާހީމް އަޝްފާން ޢަލީ އާއި ޢަލީ ޝާމްވެސް ވާދަކުރިއެވެ. އިބްރާހީމް އަޝްފާން ޢަލީ ވާދަކޮށްފައިވަނީ 100މ އަދި 200މ ދުވުމުގައެވެ. 100މ ހީޓް 2ގައި ވާދަކޮށް 11.40ސިކުންތުން ރޭސް ނިންމާފައިވަނީ 1 ވަނަ އަށެވެ. އަދި 200މ ދުވުމުގެ ހީޓް1ގައި ވާދަކޮށް 22.69ސިކުންތުން ރޭސް ނިންމާފައިވަނީ 3 ވަނައަށެވެ.

ޢަލީ ޝާމް ވާދަކުރީ 400މ ދުވުމުގެ ހީޓް 2ގައެވެ. 4 ވަނަ އަށް ޝާމް ރޭސް ނިންމާފައިވަނީ 50.66ސިކުންތުންނެވެ. މިއީ ޝާމްގެ ޕަރސަނަލް ބެސްޓެވެ.