އައި އޭ އޭ އެފް ލެވެލް 1 ކޯޗިން ކޯސް
ާއްޖޭގެ ކަންކޮޅުތަކަށް އެތުލެޓިކްސް ތަޢާރަފް ކުރުމަށް އެސޯސިއޭޝަނުން ކުރިޔަށް ގެންދާ ޕްރޮގްރާމްގެ ދަށުން ލ. އަތޮޅަށް އެތުލެޓިކްސް ތަޢާރަފް ކޮށް އެތުލެޓިކްސްގެ ހަރަކާތްތައް ލ. އަތޮޅުގައި ކުރިޔަށް ގެންދިޔުމުގެ ގޮތުން އައި އޭ އޭ އެފް ލެވެލް 1 ކޯޗިން ކޯހެއް ލ. ގަމުގައި 2018ވަނަ އަހަރުގެ ޖެނުއަރީ 18ން 29އަށް ބާއްވާގޮތަށް އެސޯސިއޭޝަނުން ނިންމައިފިއެވެ.
އެތުލެޓިކްސް އެސޯސިއޭޝަނުން ވަނީ މީގެކުރިން ހދ. ކުޅުދުއްފުށި، އަދި އައްޑޫގައިވެސް އައި އޭ އެފް ކޯޗިން ކޯސްތައް ބާއްވާފައެވެ.
24 ބައިވެރިންނަށް ފުރުޞަތުދޭގޮތަށް ހިންގާ ކޯހުން ލ. އަތޮޅުގެ ބައިވެރިންނަށް 18ޖާގަ އަދި އަތޮޅުން ބޭރުން 6 ބައިވެރިންނަށް ޖާގަ ދޭގޮތަށްވަނީ ހަމަޖެހިފައެވެ.
މިކޯހުގައި ކިޔަވައި ދިނުމަށް އައި އޭ އޭ އެފް ހަމަޖައްސާފައިވަނީ ރާއްޖޭގެ މޫސާ ރަޝީދު (އެސް ޕީ) އާއި އިންޑިއާގެ ލެކްޗަރަރ އެކެވެ.
ކޯހުގައި ބައިވެރިވުމަށް އެދޭ ފޯމް އެސޯސިއޭޝަންގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ. އަދި ފޯމް ހުށަހެޅުމުގެ ފަހުގަޑިއަކީ 2018ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 3 ވަނަ ދުވަހެވެ.
ކޯހުގައި ބައިވެރިވުމަށް އެދޭ ފޯމް
http://athletics.org.mv/Admin/downloads/Course%20Application%20Form%202017.pdf