މަކީޓާ 10 ވަނަ އެޓޯލް ޖޫނިއަރ ޗެމްޕިއަންޝިޕް


Admin/newsImage/noimage.png

އައްޑޫ ހިތަދޫގައި މިއަހަރުގެ މާރޗް މަހުގެ 20ން 23އަށް ބޭއްވުމަށް ހަމަޖެހިފައިވާ 10 ވަނަ އެޓޯލް ޖޫނިއަރ އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

މިމުބާރާތް ހުޅުވާލާފައިވަނީ ރާއްޖޭގެ ސްކޫލް މަދަރުސާ ކޮލެޖް ތަކާއި އެސޯސިއޭޝަންގެ މެމްބަރ ކްލަބްތަކަށެވެ. މުބާރާތުގައި ބައިވެރިވުމުގެ ފަހުތާރީޚަކީ ފެބްރުއަރީ މަހުގެ 14ވަނަ ދުވަހެވެ.

އެޓޯލް ޖޫނިއަރ ޗެމްޕިއަންޝިޕް ކުރިޔަށް ދާނީ އަންހެން ފިރިހެން ވަކިން 3 ޢުމުރުފުރާއަކަށެވެ. މުބާރާތުގައި 13އަހަރުންދަށް، 16އަހަރުން ދަށް އަދި 19 އަހަރުން ދަށުގެ ޢުމުރުފުރާގައި ޖުމްލަ 66 އިވެންޓް ކުރިޔަށް ދާނެއެވެ.

އަންހެން ފިރިހެން ވަކިން ވަނަ ހޮވާ މުބާރާތުގެ ޗެމްޕިއަން ޓީމަށް 7000ރުފިޔާ، ދެވަނަ ޓީމަށް 5000ރުފިޔާ އަދި ތިންވަނަ ޓީމަށް 3000ރުފިޔާގެ ފައިސާގެ އިނާމް ވަނީ ހުށަހަޅާފައެވެ.