އެޓޯލް ޖޫނިއަރ ޗެމްޕިއަންޝިޕް


Admin/newsImage/noimage.png

ހދ. ކުޅުދުއްފުށީގައި މިއަހަރުގެ މާރޗް މަހުގެ 21ން 24އަށް ބޭއްވުމަށް ހަމަޖެހިފައިވާ 9 ވަނަ އެޓޯލް ޖޫނިއަރ އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

މިމުބާރާތް ހުޅުވާލާފައިވަނީ ރާއްޖޭގެ ސްކޫލް މަދަރުސާ ކޮލެޖް ތަކާއި އެސޯސިއޭޝަންގެ މެމްބަރ ކްލަބްތަކަށެވެ. މުބާރާތުގައި ބައިވެރިވުމުގެ ފަހުތާރީޚަކީ ފެބްރުއަރީ މަހުގެ 21ވަނަ ދުވަހެވެ.

އެޓޯލް ޖޫނިއަރ ޗެމްޕިއަންޝިޕް ކުރިޔަށް ދާނީ އަންހެން ފިރިހެން ވަކިން 3 ޢުމުރުފުރާއަކަށެވެ. މުބާރާތުގައި 13އަހަރުންދަށް، 16އަހަރުން ދަށް އަދި 19 އަހަރުން ދަށުގެ ޢުމުރުފުރާގައި ޖުމްލަ 66 އިވެންޓް ކުރިޔަށް ދާނެއެވެ.

އަންހެން ފިރިހެން ވަކިން ވަނަ ހޮވާ މުބާރާތުގެ ޗެމްޕިއަން ޓީމަށް 7000ރުފިޔާ، ދެވަނަ ޓީމަށް 5000ރުފިޔާ އަދި ތިންވަނަ ޓީމަށް 3000ރުފިޔާގެ ފައިސާގެ އިނާމް ވަނީ ހުށަހަޅާފައެވެ.

2015ވަނަ އަހަރު ގދ. ތިނަދޫގައި ބޭއްވުނު 8 ވަނަ މަކީޓާ އެޓޯލް ޖޫނިއަރ ޗެމްޕިއަންޝިޕްގެ ފިރހެން ޗެމްޕިއަން ޓީމަކީ ޏ. އަތޮޅު ތަޢުލީމީ މަރުކަޒެވެ. އަންހެން ޗެމްޕިއަން ޓީމަކީ ގދ. އަތޮޅު ތަޢުލީމީ މަރުކަޒެވެ. ފިރހެން ބެސްޓް އެތުލީޓަކީ ތިނަދޫ ޒުވާނުންގެ ކްލަބްގެ ޙުސައިން ރިޒާއެވެ. އަދި އަންހެން ބެސްޓް އެތުލީޓަކީ އިސްކަންދަރު ސްކޫލްގެ އާއިޝަތު ޒާރާ ޢާތިފް އެވެ.