މޯލްޑިވިއަން ހާފްމެރަތަން ޗެމްޕިއަންޝިޕް


Admin/newsImage/noimage.png

މޯލްޑިވިއަން ހާފްމެރަތަން ޗެމްޕިއަންޝިޕް 02 އޮކްޓޯބަރ 2015ވަނަ ދުވަހު ބާއްވާގޮތަށް ހަމަޖައްސައި މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

މޯލްޑިވިއަން ހާފްމެރަތަން ޗެމްޕިއަންޝިޕް ކުރިޔަށް ދާނީ 3 ކެޓަގަރީއަކަށް ބަހާލެވިގެންނެވެ. އެެއީ ހާފްމެރަތަން(21 ކިލޯ މީޓަރ)، 10ކިލޯ މީޓަރ އަދި 05 ކިލޯ މީޓަރ ދުވުމެވެ.

ހާފްމެރަތަން އާއި 10 ކިލޯ މީޓަރ ދުވުމުގައި ބައިވެރިވެވޭނީ 01 ޖެނުއަރީ 2015އަށް 15 އަހަރު ފުރިފައިވާ ފަރާތްތަކަށެވެ. އަދި 05 ކިލޯ މީޓަރ ދުވުމުގައި ބައިވެރިވެވޭނީ 31 ޑިސެމްބަރ 2015އަށް 15 އަހަރު ނުވާ ކުދިންނަށެވެ.

މުބާރާތުގައި ބައިވެރިވުމުގެ އެންމެ ފަހުގެ ތާރީޚަކަށް ކަނޑައަޅާފައިވަނީ 17 ސެޕްޓެމްބަރ 2015ވަނަ ދުވަހުއެވެ.

މުބާރާތުގެ މަޢުލޫމާތާއި އެންޓްރީ ފޯމް އެސޯސިއޭޝަންގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ. 

http:athletics.org.mv/tview.aspx?id=134