އިންޑިއަން އޯޝަން އައިލެންޑް ގޭމްސް


Admin/newsImage/noimage.png

100މ ދުވުމުގެ ހީޓުން 1 ވަނަ ހޯދައިގެން ފައިނަލަ ދިޔަ ޙަސަން ސާޢިދު، މި އިވެންޓުން ރަން މެޑަލް ހޯދުމަށް ކުރަމުން އަންނަ މަސައްކަތައް އިތުރު ހިތްވަރެއް ލިބިއްޖެއެވެ.

މިއިވެންޓުން މެޑަލް ހޯދުމަށް އިތުރު ހިތްވަރެއް ލިބިގެން ދިޔައީ ސާޢިދު އާއެކު މިއިވެންޓްގެ ފައިނަލަށް ދިޔަ އަނެތް 7 އެތުލީޓުންވެސް މިމުބާރާތުގައި ދުވެފައިވަނީ ސާޢިދުގެ ވަގުތައް ވުރެ ލަސްވަގުތެއް ކަމުންނެވެ. އަދި ހީޓް ދުވެ ނިންމާލއިރު އިތުރު އިންޖަރީ އެއް ނެތުމުންނެވެ.

ފައިނަލްގައި ސާއިދު އާއެކު ވާދަކުރާ އެތުލީޓުންނަށް ބަލާއިރު މުބާރާތް ބާއްވާ ރިޔޫނިއަންގެ 2 އެތުލީޓުން ހީޓްގައި ދުވެފައިވަނީ 11.26 އަދި 11.43ސިކުންތުންނެވެ. މޮރިޝަސްގެ 3 އެތުލީޓުން ދުވެފައިވަނީ 11.13، 11.44 އަދި 11.22ސިކުންތުންނެވެ. ސީޝެލްސްގެ އެތުލީޓް ދުވެފައިވަނީ 11.09ސިކުންތުންނެވެ. އަދި މަޑަގަސްކަރައގެ އެތުލީޓް ދުވެފައިވަނީ 11.21ސިކުންތުންނެވެ.

މި ނަތީޖާތަކާއި ތަނުގެ މޫސުމަށް ބަލައި ރަނގަޅަށް ސްޓާޓް ކުރެވިއްޖެ ނަމަ ސާޢިދު މިއިވެންޓް ކާމިޔާބު ކުރާނެކަމަށް، މިވަގުތު ރިޔޫނިއަންގައި ތިބި ކޯޗުންނާއި އެސޯސިއޭޝަންގެ ރައީސް ވަނީ ވިދާޅުވެފައެވެ.

އެތުލެޓިކްސް އެސޯސިއޭޝަނުން ސާޢިދު އާއި ހުރިހާ އެތުލީޓުންނަށް މުބާރާތުން ރަނގަޅު ކާމިޔާބީ އަށް އެދެމެވެ.