މައިލޯ އިންޓަރ ސްކޫލް އެތުލެޓިކްސް ޗެމްޕިއަންޝިޕް


Admin/newsImage/noimage.png

އޮގަސްޓްމަހުގެ މަހުގެ 13ން 16އަށް މާލޭގައި ބާއްވާ މައިލޯ 18ވަނަ އިންޓަރ ސްކޫލް އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި ބައިވެރިވުމުގެ ފުރުޞަތު ރާއްޖޭގެ ސްކޫލް މަދުރަސާ ތަކަށް ހުޅުވާލައިފިއެވެ.

ދެޖިންސް ވަކިން 5 ޢުމުރުފުރާއަކަށް ބާއްވާ މުބާރާތުގައި ހިމެނޭ ޢުމުރުފުރާތަކަކީ 11، 13، 15، 17 އަދި 19 އަހަރުންދަށުގެ ޢުމުރުފުރާއެވެ. 

މިމުބާރާތުގައި 5 ޢުމުރުފުރާގައި ދެޖިންސް ވަކިން 106 އިވެންޓް ކުރިޔަށް ގެންދާގޮތަށް ވަނީ ހަމަޖެހިފައެވެ. މުބާރާތުގައިި ބައިވެރިވުމުގެ ސުންގަޑިއަކީ މިިމަހުގެ 30ވަނަ ދުވަހެވެ.

ނިމިދިޔަ 17ވަނަ މައިލޯ އިންޓަރ ސްކޫލް އެތުލެޓިކްސް ޗެމްޕިއަންޝިޕްގެ ޗެމްޕިއަން ސްކޫލްތަކަކީ:

11 އަހަރުން ދަށް ފިރިހެން، ޏ. ފުވައްމުލަކު މަދަރުސަތުލްޝައިޚް މުޙައްމަދު ޖަމާލުއްދީން

11އަހަރުން ދަށުގެ އަންހެން، ތާޖުއްދީން ސްކޫލް

13އަހަރުން ދަށުގެ ފިރިހެން، ތާޖުއްދީން ސްކޫލް

13އަހަރުން ދަށުގެ އަންހެން، ތާޖުއްދީން ސްކޫލް

15އަަހަރުން ދަށުގެ ފިރިހެން، އިސްކަންދަރު ސްކޫލް

15އަހަރުން ދަށުގެ އަންހެން، އިސްކަންދަރު ސްކޫލެވެ.