ޓައިވާން އެތުލެޓިކްސް އޯޕަން


Admin/newsImage/noimage.png

މިމަހުގެ 15 އަދި 16 ވަނަ ދުވަހު ޓައިވާންގައި ބާއްވާ ޓައިވާން އެތުލެޓިކްސް އޯޕަންގައި ވާދަކުރާ ގައުމީ އެތުލެޓިކްސް ޓީމް ޓައިވާނަށް މިރޭ ފުރައިފިއެވެ.

ޓައިވާނަށް ފުރި ޓީމްގައި ހިމެނެނީ 4 އެތުލީޓުންނާއި ކޯޗެކެވެ. މުބާރާތުގައި ވާދަކުރާ އެތުލީޓުންނަކީ ޙުސައިން ރިޒާ، ޢާދިލް ރަޝީދު، ޙުސައިން އިނާޝް އަދި ޝިފާޒް މުޙައްމަދެވެ. ޓީމްގެ ކޯޗަކީ ޢަބްދުﷲ އިބްރާހީމް އެވެ.

މިމުބާރާތުގައި ރާއްޖޭގެ އެތުލީޓުން ވާދަކުރާނީ ފިރިހެނުންގެ 200މ، 400މ، 800މ، 1500މ ދުވުމުގައާއި 400މ ރިލޭގައެވެ.

މުބާރާތުގެ ފުރަތަމަ ދުވަހު ރާއްޖޭގެ އެތުލީޓުން ވާދަކުރާނީ 400މ ދުވުމުގައާއި 1500މ ދުވުމުގައެވެ. އަދި ދެވަނަ ދުވަހު ވާދަކުރާނީ 200މ ދުވުމާއި 800މ ދުވުމާއި 400މ ރިލޭގައެވެ.

މިމުބާރާތުގެ އިވެންޓްތައް ލައިވްކޮށް ވެބް ސްޓްރީމް ކުރާގޮތަށް ވަނީ ހަމަޖެހިފައެވެ. 

http:

taiwanopen.athletics.org.tw/broadcast.php