އޭޝިއަން ޔޫތު އެތުލެޓިކްސް ޗެމްޕިއަންޝިޕް


Admin/newsImage/noimage.png

ގަތަރުގެ ދޯހާގައި މިމަހުގެ 7ން 11އަށް ކުރިޔަށްދާ އޭޝިއަން ޔޫތު އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި ވާދަކުރާ ރާއްޖޭގެ ފިރިހެން އެތުލީޓުން، އިންޑިވިޖުއަލް އިވެންޓްތަކުގައި ވާދަކޮށްފިއެވެ.

މުބާރާތުގައި މިމަހުގެ 8 ވަނަ ދުވަހު ރާއްޖޭގެ އެތުލީޓުން ވާދަކޮށްފައިވަނީ ފިރިހެންކުދިންގެ 100މ ދުވުމުގައެވެ. 100މ ދުވުމުގެ ފުރަތަމަ ހީޓްގައި ވާދަކުރީ އިބްރާހީމް އަޝްފާން ޢަލީ އެވެ. 7 އެތުލީޓުންނާ ވާދަކޮށް އަޝްފާން ދުވުން ނިންމާފައިވަނީ 11.76ސިކުންތުން 6 ވަނަ އަށެވެ. 100މ ދުވުމުގެ ދެވަނަ ހީޓްގައި ވާދަކުރީ ރާއްޖޭގެ އަލީ ނިފާޙް އެވެ. 7 އެތުލީޓުންނާ ވާދަކޮށް ނިފާޙް ދުވުން ނިންމާފައިވަނީ 11.75ސިކުންތުން 7 ވަނަ އަށެވެ. 

9ވަނަ ދުވަހު ރާއްޖޭގެ އެތުލީޓުން ވާދަކުރީ ފިރިހެން ކުދިންގެ 400މ ދުވުމުގައެވެ. 400މ ދުވުމުގެ 2 ވަނަ ހީޓްގައި ވާދަކުރީ ޢަލީ ޝާމް އެވެ. 6 އެތުލީޓުންނާ ވާދަކޮށް ޝާމް ދުވުން ނިންމާފައިވަނީ 53.68ސިކުންތުން 5 ވަނަ އަށެވެ.

މިއަދު ރާއްޖޭގެ އެތުލީޓުން ވާދަކުރީ ފިރިހެން ކުދިންގެ 200މ ދުވުމުގައެވެ. 200މ ދުވުމުގެ 3 ވަނަ ހީޓްގައި ވާދަކުރީ އަޙްމަދު ނާހިލް މަސްޢޫދު އެވެ. 7 އެތުލީޓުންނާ އެކު ވާދަކޮށް ނާހިލް ދުވުން ނިންމާފައިވަނީ 25.07ސިކުންތުން 7 ވަނަ އަށެވެ. 200މ ދުވުމުގެ 4 ވަނަ ހީޓްގައި ވާދަކުރީ އިބްރާހީމް އަޝްފާން ޢަލީ އެވެ. 7 އެތުލީޓުންނާއެކު ވާދަކޮށް އަޝްފާން ދުވުން ނިންމާފައިވަނީ 24.08ސިކުންތުން 6 ވަނަ އަށެވެ.

ރާއްޖޭގެ އެތުލީޓުން މިއަދު ދެންވާދަކުރާނީ އަންހެން ކުދިންގެ 800މ ދުވުމުގައެވެ. ދުވުން ފަށާނީ ރާއްޖޭގަޑިން މިރޭ 9.10ގައެވެ. އަދި މާދަމާ އެންމެ ފަހު އިވެންޓެއްގެ ގޮތުގައި ވާދަކުރާނީ ފިރިހެން ކުދިންގެ މިޑްލޭ ރިލޭގައެވެ.