މަކީޓާ 8ވަނަ އެޓޯލް ޖޫނިއަރ ޗެމްޕިއަންޝިޕް


Admin/newsImage/noimage.png

ގދ. ތިނަދޫގައި ކުރިޔަށް ދިޔަ މަކީޓާ 8 ވަނަ އެޓޯލް ޖޫނިއަރ ޗެމްޕިއަންޝިޕްގެ ފިރިހެން އެންމެ މޮޅު އެތުލީޓަކަށް ތިނަދޫ ޒުވާނުންގެ ކްލަބްގެ ޙުސައިން ރިޒާ އަދި އަންހެން މޮޅު އެތުލީޓަކަށް އިސްކަންދަރު ސްކޫލް ޢާއިޝަތު ޒާރާ އާތިފް ހޮވައިފިއެވެ. ރިޒާ ވަނީ މިމުބާރާތުގައި އޭނާ ވާދަކުރި 19 އަހަރުން ދަށުގެ ފިރިހެން ކުދިންގެ 400މ، 800މ އަދި 1500މ ދުވުން ކާމިޔާބުކޮށް، 19 އަހަރުންދަށުގެ ފިރިހެން 800މ ދުވުމުގެ މީޓް ރިކޯޑް އައު ކޮށްފައެވެ. ޒާރާ ވަނީ އޭނާ ވާދަކުރި 16 އަހަރުންދަށުގެ 400މ، 200މ އަދި 100މ ދުވުން ކާމިޔާބް ކޮށްފައެވެ.

13 އަހަރުން ދަށުގެ ފިރިހެން މޮޅު އެތުލީޓަކަށް ހާފިޒް އަޙްމަދު ސްކޫލްގެ ހުސައިން ސުޢޫދު ޢަލީ ހޮވުނު އިރު 13 އަހަރުންދަށުގެ އަންހެން މޮޅު އެތުލީޓަކަށް ހޮވިފައިވަނީ ހިތަދޫ ސްކޫލްގެ ޢާއިޝަތު ހިމްނާ ޙަސަން އެވެ. 16 އަހަރުން ދަށުގެ ފިރހެން މޮޅު އެތުލޓަކީ ޏ. އަތޮޅު ތަޢުލީމީ މަރުކަޒުގެ މުޙައްމަދު ޝަޒީން ޖިހާދުއެވެ. އަދި އަންހެން މޮޅު އެތުލީޓަކީ އިސްކަންދަރު ސްކޫލްގެ ޢާއިޝަތު ޒާރާ ޢާތިފްއެވެ. 19އަހަރުންދަށުގެ ފިރިހެން މޮޅު އެތުލީޓަކީ ތިނަދޫ ޒުވާނުންގެ ކްލަބްގެ ޙުސައިން ރިޒާ އެވެ. އަދި އަންހެން މޮޅު އެތުލީޓަކީ ގދ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ސައުޝަން މުޙައްމަދު އެވެ.