މަކީޓާ އެޓޯލް ޖޫނިއަރ ޗެމްޕިއަންޝިޕް


Admin/newsImage/noimage.png

މާރޗް މަހުގެ 24ން 27އަށް ގދ. ތިނަދޫގައި ބާއްވާ މަކީޓާ 8 ވަނަ އެޓޯލް ޖޫނިއަރ ޗެމްޕިއަންޝިޕްގައި ބައިވެރިވުމުގެ މުއްދަތު ހަމަވިއިރު މުބާރާތުގެ 6 ޢުމުރުފުރާގައި 17 ޓީމަކުން ބައިވެރިވުމަށް އެންޓްރީ ފޯމް ވަނީ ހުށަހަޅާފައެވެ.

މުބާރާތުގައި ބައިވެރިވެފައިވާ ޓީމް ތަކަކީ ތ. ވިލުފުށީ ސްކޫލް، ހުވަދޫ ސްކޫލް (ފަރެސް މާތޮޑާ)، ހާފިޒް އަޙްމަދު ސްކޫލް (ޏ. ފުވައްމުލައް)، ގދ. އަތޮޅު ތަޢުލީމީ މަރުކަޒު، މަދުރަސަތުލް ޝައިޚް މުޙައްމަދު ޖަމާލުއްދީން (ޏ. ފުވައްމުލައް)، ގދ. އަތޮޅު ތަޢުލީމީ މަރުކަޒު އިސްދަރިވަރުން، ޏ. އަތޮޅު ތަޢުލީމީ މަރުކަޒު، ގދ. އަތޮޅު މަދަރުސާ، ކޭ ވައި ސްޕޯޓްސް އެކަޑަމީ، އަބޫބަކުރު ސްކޫލް (ގދ. ތިނަދޫ)، ފުވައްމުލަކު ސްކޫލް، މަޑަވެލި ސްކޫލް، ޝަރަފުއްދީން ސްކޫލް (އައްޑޫ)، ތިނަދޫ ޒުވާނުންގެ ކްލަބް، ތިނަދޫ ސްކޫލް، ހިތަދޫ ސްކޫލް، ބިލަބޮންގ ހައި އީޕީއެސް އިންޓަރނޭޝަނަލް ސްކޫލެވެ.

މިމުބާރާތް ކުރިޔަށް ދާނީ އަންހެން ފިރިހެން ވަކިން 13އަހަރުންދަށް، 16 އަހަރުން ދަށް، އަދި 19 އަހަރުން ދަށުގެ ޢުމުރުފުރާއަށެވެ. މުބާރާތުގެ ކޮންމެ ޖިންސަކުން 1 ވަނަ ޓީމަށް 7000ރުފިޔާ، ދެވަނަ ޓީމަށް 5000ރުފިޔާ އަދި 3 ވަނަ ޓީމަށް 3000ރުފިޔާގެ ފައިސާގެ އިނާމް ވަނީ ހުށަހަޅާފައެވެ.

މިމުބާރާތުގައި 6 ޢުމުރުފުރާއިން ޖުމްލަ 66 އިވެންޓް ކުރިޔަށް ދާނެއެވެ.