ސާޢިދުގެ ސީޒަން ފެށުން
މިއަހަރު ސާއިދު ވާދަކުރި ފުރަތަމަ އިވެންޓް ކާމިޔާބުކޮށްފިއެވެ.
ޖެމެއިކާގެ ކިންގްސްޓަންގައި 14 ފެބުރުއަރީ ގައި ބޭއްވުނު ކޭމްޕަރޑައުން ކްލެސިކްގައި ސާއިދު ވާދަކޮށްފައިވަނީ 19 އަހަރުން މަތީގެ 400މ އޯޕަން ބައިގައެވެ.
64 އެތުލީޓުން ވާދަކުރި މިއިވެންޓްގައި ސާއިދު ދުވެފައިވަނީ 5 ވަނަ ހީޓްގައެވެ. 5 ވަނަ ހީޓްގައި 8 އެތުލީޓުންނާއެކު ވާދަކޮށް މިހީޓް ސާއިދު ކާމިޔާބުކޮށްފައިވަނީ 48.45ސިކުންތުން ނިންމައިގެންނެވެ.
މިއިވެންޓްގައި ވާދަކުރި ޖުމްލަ 64 އެތުލީޓުންގެ ރޭންކަށް ބަލާއިރު ސާއިދު ހިމެނިފައިވަނީ 13ވަނައިގައެވެ.
ވާދަވެރި މުބާރާތެއްގެ 400މ ދުވުމުގައި ސާއިދު އެންމެ ފަހުން ވާދަކޮށްފައިވަނީ 2013ވަނަ އަހަރު ޖެމެއިކާގައި ބޭއްވުނު ޑިވެލޮޕްމަންޓް މީޓްގައެވެ. އެފަހަރު 47.48ސިކުންތުން ދުވުން ނިންމައިގެން ސާޢިދު ވަނީ 400މ ދުވުމުގެ ގައުމީ ރިކޯޑް އައުކޮށްފައެވެ.