24 ވަނަ ގައުމީ ކަސްރަތު މުބާރާތް
24 ވަނަ ގައުމީ ކަސްރރަތު މުބާރާތުގެ އިވެންޓް ތަކަށް ބަލާއިރު މާދަމާ ހަވީރު ކުރިޔަށް ދާނީ ފިރިހެނުންގެ 100މ ދުވުމުގެ ހީޓް، ފިރިހެން އަދި އަންހެން 800މ ފައިނަލް، ފިރިހެން ހައިޖަމްޕް ފައިނަލް، އަންހެން ފިރިހެން 100މ ދުވުމުގެ ފައިނަލް އެވެ.
ފިރިހެން 100މ ދުވުމުގައި ވާދަކުރާ އެތުލީޓުންގެ ތެރޭގައި ރާއްޖޭގެ އެންމެ ބާރު ދުވުން ތެރިއާ ޙަސަން ސާޢިދު އާއި 2013ވަނަ އަހަރުގެ 100މ ދުވުމުން ރަންމެޑަލް ހޯދި އަލީ އަނާލް އާއި އެމުބާރާތުގެ 100މ ދުވުމުން 3ވަނަ ހޯދި ޙުސައިން އިނާޝްގެ އިތުރުން ކުރީގެ ރާއްޖޭގެ 100މ ދުވމުގެ 1 ވަނަ އެތުލީޓް އަޒްނީމް އަޙްމަދު ހިމެނެއެވެ.
އަންހެން 100މ ދުވުމުގައި ވާދަކުރާ އެތުލީޓުންގެ ތެރޭގައި ރާއްޖޭގެ މިހާރުގެ އެންމެ ބާރު އަންހެން ދުވުންތެރިޔާ އަދި 2013ވަނަ އަހަރުގެ 1 ވަނަ ދުވުންތެރިޔާ އަފާ އިސްމާޢީލް ހިމެނެއެވެ.
ފިރިހެނުންގެ 800މ ދުވުމުގައި ވާދަކުރާ އެތުލީޓުންގެ ތެރޭގައި މިދިޔަ އަހަރުގެ މުބާރާތުގެ 1ވަނަ އަދި ރާއްޖޭގެ 800މ ދުވުމުން މިހާރު އެންމެ ބާރު ދުވުންތެރިޔާ އަޙްމަދު ޙަސަން ހިމެނެއެވެ.
ފިރިހެނުންގެ ހައިޖަމްޕްގައި ވާދަކުރާ އެތުލީޓުންގެ ތެރޭގައި މިދިޔަ އަހަރުގެ 1 ވަނަ ހާޒިފް މުޙައްމަދު ހިމެނެއެވެ.