އޭޝިއަން ގޭމްސް 2014


Admin/newsImage/noimage.png

އޭޝިއަން ގޭމްސްގައި ރާއްޖޭގެ އެތުލީޓުން މިއަދު ހެނދުނު 1500މ ދުވުމުގައި ވާދަކޮށްފިއެވެ.

1500މ ދުވުމުގެ ފުރަތަމަ ހީޓްގައި 8 އެތުލީޓުންނާއި އެކު ވާދަކޮށް އަޙްމަދު ޙަސަން ދުވުން ނިންމާފައިވަނީ 4މިނިޓް 9.88ސިކުންތުން 9 ވަނަ އަށެވެ. މިއީ އަޙްމަދު ޙަސަންގެ އަމިއްލަ ރިކޯޑެކެވެ.

1500މ ދުވމުގެ ދެވަނަ ހީޓްގައި 9 އެތުލީޓުންނާއި އެކު ވާދަކޮށް ޝިފާޒް މުޙައްމަދު ދުވުން ނިންމާފައިވަނީ 4 މިނިޓް 14.83ސިކުންތުން 10 ވަނަ އަށެވެ. 

މިއަދު ރާއްޖެއިން ދެން ވާދަކުރާނީ 100މ ދުވުމުގެ ސެމީފައިނަލްގައި ޙަސަން ސާޢިދު އެވެ. ދުވުން ފަށާނީ ރާއްޖެ ގަޑިން މެންދުރު 3.00ގައެވެ.