އޭޝިއަން ގޭމްސް 2014


Admin/newsImage/noimage.png

އޭޝިއަން ގޭމްސްގެ އެތުލެޓިކްސް އިވެންޓްގައި ރާއްޖޭގެ 3 އެތުލީޓުން ވާދަކުރާނެއެވެ. ރާއްޖޭގެ އެތުލީޓުން ވާދަކުރާނީ 1500މ ދުވުމުގެ ފުރަތަމަ ބުރުގައާއި 100މ ދުވުމުގެ ސެމީފައިނަލްގައެވެ.

މާދަމާ ރާއްޖެގަޑިން ހެނދުނު 6.30ގައި ފަށާ 1500މ ދުވުމުގެ ހީޓް 1ގައި ވާދަކުރާނީ ރާއްޖޭގެ އަޙްމަދު ޙަސަން އެވެ. އަޙްމަދު ޙަސަން އާއެކު އިތުރު 9އެތުލީޓުން މިހީޓްގައި ވާދަކުރާނެއެވެ. އެއީ ކޮރެއާ ކިރިގިސްތާން ނޭޕާލް ވިއެނާމް ފަލަސްތީން މޮންގޯލިއާ ބަހްރައިން ގަތަރު އަދި އީރާގް ގެ އެތުލީޓުންނެވެ. މި އިވެންޓުގެ އަޙްމަދު ޙަސަންގެ އަމިއްލަ ރިކޯޑަކީ  4މިިނިޓް 11.7ސިކުންތެވެ.

ރާއްޖެ ގަޑިން ހެނދުނު 6.37ގައި ފަށާ 1500މ ދުވުމުގެ ހީޓް2ގައި ވާދަކުރާޏީ ރާއްޖޭގެ ޝިފާޒް މުޙައްމަދު އެވެ. ޝިފާޒް އާއި އެކު އިތުރު 9 އެތުލީޓުން މި ހީޓްގަިއ ވާދަކުރާނެއެވެ. އެއީ ކޮރެއާ ބަހުރައިން ކިރިގިސްތާން ކުވައިތު މޮންގޯލިއާ ގަތަރު ސައޫދީ ތަޖިކިސްތާން އަދި ވިއެޓްނާމްގެ އެތުލީޓުންނެވެ. މި އިވެންޓުގެ ޝިފާޒްގެ އަމިއްލަ ރިކޯޑަކީ 4މިނިޓް 9.4ސިކުންތެވެ.

ރާއްޖެ ގަޑިން މެންދުރު 3.15ގައި ފަށާ 100މ ދުވުމުގެ ސެމީފައިނަލް 1 ގައި ވާދަކުރާނީ ރާއްޖޭގެ ޙަސަން ސާޢިދު އެވެ. ސާއިދު އާއެކު ވާދަކުރާނީ ހޮންކޮންގ ގަތަރު ޖަޕާން ކޮރެއާ ޗައިނާ އީރާން އަދި ތައިލެންޑްގެ އެތުލީޓުންނެވެ. މިއިވެންޓްގެ ސާއިދުގެ އަމިއްލަ ރިކޯޑަކީ 10.50ސިކުންތެވެ.