އޭޝިއަން ގޭމްސް 2014
އޭޝިއަން ގޭމްސްގައި ރާއްޖެއިން ވާދަކުރާ ގައުމީ އެތުލެޓިކްސް ޓީމްގެ 3 ދުވުން ތެރިން މާދަމާ ދުވާނެއެވެ. 3 ދުވުންތެރިންގެ ތެރެއިން 2 ދުވުން ތެރިން ދުވާނީ ފިރިހެނުންގެ 400މ ފުރުތަމަ ބުރުގައެވެ. އަނެއް އެތލީޓް ދުވާނީ ފިރިހެނުންގެ 100މ ދުވުމުގެ ފުރަތަމަ ބުރުގައެވެ.
ރާއްޖޭގެ ގަޑިން މާދަމާ މެންދުރު 2.15ގައި ފަށާ ފިރިހެނުންގެ 400މ ދުވުމުގެ 3 ވަނަ ހީޓްގައި ވާދަކުރާނީ ޙުސައިން އިނާޝް އެވެ. އިނާޝް އާއެކު އިތުރު 6 އެތުލީޓުން މިހީޓްގައި ވާދަކުރާނެއެވެ. އެއީ އިންޑިއާ ކޮރެއާ ތައިލެންޑް އޮމާން ސައުދީ އަދި ހޮންކޮންގެ އެތުލީޓުންނެވެ. 400މ ދުވުމުގެ އިނާޝްގެ ވަގުތަކީ 49.64ސިކުންތެވެ.
ރާއްޖޭ ގަޑިން މާދަމާ މެންދުރު 2.21ގައި ފަށާ ފިރިހެނުންގެ 400މ ދުވުމުގެ 4 ވަނަ ހީޓްގައި ވާދަކުރާނީ ޙުސައިން ރިޒާ އެވެ. ރިޒާއާއި އެކު އިތުރު 8 އެތުލީޓުން މި ހީޓްގައި ވާދަކުރާނެއެވެ. އެއީ އިންޑިއާ ފިލިޕީންސް ޗައިނާ އޮމާން ކަޒަކިސްތާން ޖަޕާން އަދި ތަޖިކިސްތާނުގެ އެތުލީޓުންނެވެ. 400މ ދުވުމުގެ ރިޒާގެ ވަގުތަކީ 52.42ސިކުންތެވެ.
ރާއްޖެ ގަޑިން ހަވީރު 3.09ގައި ފަށާ ފިރިހެނުންގެ 100މ ދުވުމުގެ 3 ވަނަ ހީޓްގައި ވާދަކުރާނީ ޙަސަން ސާޢީދު އެވެ. ސާއިދު އާއެކު މި ހިޓްގައި 6 އެތުލީޓުިން ވާދަކުރެއެވެ. އެއީ ޖަޕާން ކޮރެއާ ފަލަސްތީން މަކާއޯ މޮންގޯލިއާ އަދި އީރާންގެ އެތުލީޓުންނެވެ. 100މ ދުވުމުގެ ސާއިދުގެ ވަގުތަކީ 10.60ސިކުންތެވެ.
ރާއްޖޭގެ އެތުލީޓުންގެ ދުވުންތައް މީޑީއާ ނެޓްގެ ޓެން ސްޕޯޓްސް އިން ވަގުތުން ދެއްކުމަށް ވަނީ ޝެޑިއުލް ކުރެވިފައެވެ.