އޭޝިއަން ގޭމްސް


Admin/newsImage/noimage.png

ސެޕްޓެމްބަރ 19އިން އޮކްޓޯބަރ 4އަށް ސައުތު ކޮރެއާގެ އިންޗޮންގައި ކުރިޔަށްދާ 17ވަނަ އޭޝިއަން ގޭމްސްގައި ވާދަކުރާ ގައުމީ އެތުލެޓިކްސް ޓީމް އެކުލަވާލައިފިއެވެ.

އޭޝިއަން ގޭމްސްގައި ވާދަކުރާ އެތުލެޓިކްސް ޓީމްގައި ހިމެނެނީ 5 އެތުލީޓުންނާއި 2 ކޯޗުން އަދި މެނޭޖަރެކެވެ.

މުބާރާތުގައި ވާދަކުރާ އެތުލީޓުންނަނީ ޙަސަން ސާޢިދު، އަޙްމަދު ޙަސަން، ޙުސައިން އިނާޝް، ޝިފާޒް މުޙައްމަދު އަދި ޙުސައިން ރިޒާއެވެ. ޓީމްގެ ކޯޗުންނަކީ އަޙްމަދު ފާޢީލް އާއި މުޙައްމަދު ޝުޖާޢު އެވެ. އަދި ޓީމްގެ މެނޭޖަރަކީ އެސޯސިއޭޝަންގެ ރައީސް މުޙައްމަދު ޠަލާލް އެވެ.

މުބާރާތުގައި ޙަސަން ސާޢިދު ވާދަކުރާނީ 100މ އަދި 200މ ދުވުމުގައެވެ. ޙުސައިން އިނާޝް ވާދަކުރާނީ 200މ އަދި 400މ ދުވުމުގައެވެ. ޙުސައިން ރިޒާ ވާދަކުރާނީ 400މ ދުވުމުގައެވެ. ޝިފާޒް މުޙައްމަދު އާއި އަޙްމަދު ޙަސަން ވާދަކުރާނީ 800މ އަދި 1500މ ދުވުމުގައެވެ.

މުބާރާތުގައި ވާދަކުރާ އެތުލެޓިކްސް ޓީމް ޓްރެވިންޑްރަމްގައި ފުރިހަމަކުރަމުންދާ ތަމްރީންތަކަށް ފަހު މާލެ އަންނާނީ ސެޕްޓެމްބަރ 13ވަނަ ދުވަހުއެވެ. އަދި މުބާރާތުގައި ވާދަކުރުަމށް ކޮރެއާ އަށް ފުރާނީ ސެޕްޓެމްބަރ މަހުގެ 16ވަނަ ދުިވަހުއެވެ.