މޯލްޑިވިއަން ހާފްމެރަތަން ޗެމްޕިއަންޝިޕް


Admin/newsImage/noimage.png

29 އޮގަސްޓް 2014ވާ ހުކުރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މޯލްޑިވިއަން ހާފްމެރަތަން ޗެމްޕިއަންޝިޕްގައި ބައިވެރިވުމުގެ މުއްދަތު މިމަހުގެ 25އަށް ހަމަވާނެއެވެ.

މިއަހަރުގެ މުބާރާތުގައި ކުރީ އަހަރުތަކާ ޚިލާފަށް، ހާފްމެރަތަންގެ އިތުރުން 10ކިލޯ މީޓަރ ދުވުމާއި 5 ކިލޯ މީޓަރ ދުވުމުގެ ކެޓަގަރީ އެއް ވަނީ އިތުރު ކުރެވިފައެވެ.

އެސޯސިއޭޝަނުން ޢާއްމުކޮށްފައިވާ މަޢޫލޫމާތަށް ބަލާއިރު ހާފްމެރަތަން ގައި ވާދަކުރެވޭނީ ޢުމުރުން 15 އަހަރު ފުރިފައިވާ ފަރާތަކަށެވެ. 10 ކިލީ މިީޓަރ ދުވުމުގައި ބައިވެރިވެވޭނީ މިއަހަރުގެ ޑީސެމްބަރ 31އަށް 20 އަހަރު ނުވާ ފަރާތްތަކަށެވެ. އަދި 5 ކިލޯ މީޓަރ ދުވުމުގައި ބައިވެރިވެވޭނީ މިއަހަރުގެ ޑިސެމްބަރ މަހުގެ 31އަށް 15 އަހަރު ނުވާ ފަރާތްތަކަށެވެ.

ކޮންމެ ކެޓަގަރީއެއްގައި ވެސް ރާއްޖޭގެ ދުވުންތެރިންގެ އިތުރުން ރާއްޖެއިން ބޭރުގެ ދުވުން ތެރިންނަށް ވާދަކުރެވޭގޮތަށް ވަނީ ހަދާފައެވެ.

ހާފްމެރަތަން ޗެމްޕިއަންޝިޕްގެ ހާފްމެރަތަން ކެޓަގަރީން 1 ވަނަ ފިރިހެން އަދި އަންހެން ދުވުން ތެރިއަކަށް 15000ރުފިޔާ، ދެވަނަ ފިރިހެން އަދި އަންހެން ދުވުން ތެރިއަކަށް 7500ރުފިޔާ އަދި 3 ވަނަ އަންހެން އަދި ފިރހެން ދުވުން ތެރިއަކަށް 5000ރުފިޔާގެ އިނާމް ފައިސާ ވަނީ ހުށަހަޅާފައެވެ. މީގެ އިތުރުން ރޭސް ފުރިހަމަ ކުރާ ކޮންމެ ބައިވެރިއަކަށް 1000ރުފިޔާގެ އިނާމްވެސް ވަނީ ހުށަހަޅާފައެވެ.