ޔޫތު އޮލިމްޕިކް ގޭމްސް


Admin/newsImage/noimage.png

ޗައިނާގެ ނަންޖިންގ ގައި މިމަހު އޮންނަ ޔޫތު އޮލިމްޕިކް ގޭމްސްގައި އެތުލެޓިކްސް އިން ވާދަކުރާނީ ހުސައިން ޝަހުދާން ފަހުމީ އެވެ. ޝަހުދާން މި މުބާރާތުގައި ވާދަކުރާނީ ފިރިހެން ކުދިންގެ 100މ ދުވުމުގައެވެ.

ބައިނަލް އަގުވާމީ މުބާރާތެއްގައި ޝަހުދާން ފުރަތަމަ ވާދަކޮށްފައިވަނީ 2013 ވަނަ އަހަރު ނަންޖިން ގައި ބޭއްވި އޭޝިއަން ޔޫތު ގޭމްސްގައެވެ. އެފަހަރު ޝަހުދާން 100މ ދުވެފައިވަނީ 11.69ސިކުންތުންނެވެ. އޭގެ ފަހުން މިއަހަރު ބެންކޮކްގައި ބޭއްވި ކޮލިފިކޭޝަން މުބާރާތުގައި ވާދަކޮށް ޝަހުދާން 100މ ދުވެފައިވަނީ 11.38 ސިކުންތުންނެވެ.

މުބާރާތުގައި ބައިވެރިވާ ކޮންޓިންޖެންޓް މާލެއި ފުރާގޮތަށް ހަމަޖެހިފައިވަނީ މިމަހުގެ 13 ވަނަ ދުވަހުއެވެ. އަދި އެނބުރި އައުމަށް ހަމަޖެހިފައިވަނީ އޮގަސްޓް މަހުގެ 29 ވަނަ ދުވަހުއެވެ. ޝަހުދާންގެ ކޯޗެއްގެ ގޮތުގަިއ މުބާރާތަށް ދަނީ އެސީޯސިއޭޝަންގެ ސްޕްރިންޓް ކޯޗް އަޙްމަދު ޢަޒީލް އެވެ.