އައި އޭ އޭ އެފް ވާލްޑް ޖޫނިއަރ ޗެމްޕިއަންޝިޕް


Admin/newsImage/noimage.png

އެމެރިކާގެ އޮރެގަން ސިޓީގައި މިހާރު ކުރިޔަށްދާ އައި އޭ އޭ އެފް ވާލްޑް ޖޫނިއަރ ޗެމްޕިއަންޝިޕްގައި ވާދަކުރާ ރާއްޖޭގެ ޙުސައިން ރިޒާ 400މ ދުވުމުގައި ވާދަކޮށް 1 ސިކުންތުގެ ކުރިއެރުމެއް ހޯދައިފިއެވެ.

މިމަހުގެ 22 ވަނަ ދުވަހު ކުރިޔަށް ދިޔަ 400މ ދުވުމުގެ ފުރަތަމަ ހީޓްގައި 7 އެތުލީޓުންނާއެކު ވާދަކޮށް 52.42ސިކުންތުން ރިޒާ ދުވުން ނިންމާފައިވަނީވެސް 7 ވަނަ އަށެވެ. ރިޒާދުވެފައިވާ 52.42ސިކުންތުގެ ވަގުތަކީ ރިޒާގެ ޕަރސަނަލް ބެސްޓް ޓައިމް އެވެ. އަދި މިއީ މިއަހަރުގެ މެއި މަހު ރިޒާ ބެންކޮކްގަިއ 400މ ދުވުނު ވަގުތަށް ވުރެ 1 ސިކުންތު އަވަސް ވަގުތެކެވެ.

މެއި މަހު ބެންކޮކްގައި ބޭއްވުނު ޔޫތު އޮލިމްޕިކް ގޭމްސް ކޮލިފިކޭޝަންގައި ރިޒާ 400މ ދުވެފައިވަނީ 53.43 ސިކުންތުންނެވެ.

ރިޒާއަކީ 400މ ދުވުމުގައި ވަރަށް ބާރަށް ކުރިއަރަމުން އަންނަ ޔޫތު އެތުލީޓެކެވެ. ރިޒާ އެންމެ ފުރަތަމަ ބައިނަލް އަގުވާމީ މުބާރާތެއްގައި ވާދަކޮށްފައިވަނީ 2013ވަނަ އަހަރުގެ ނޮވެމްބަރ މަހު އިންޑީއާގައި ބޭއްވި ސައުތު އޭޝިއަން ޖޫނިއަރ ޗެމްޕިއަންޝިޕްގައެވެ. އެމުބާރާތުގައި ރިޒާ 400މ ދުވެފައިވަނީ 55.04ސިކުންތުންނެވެ.

މުބާރާތަށްފަހު ރިޒާ އެނބުރި ރާއްޖެ އަންނާނީ ޖުލައި މަހުގެ 31 ވަނަ ދުވަހުއެވެ. އަދި އިތުރު ތަމްރީންތަކަށް އޮގަސްޓް މަހުގެ 9 ވަނަ ދުވަހު އިންޑިއާއަށް ފުރާގޮތަށް ވަނީ ހަމަޖެހިފައެވެ.