ކޯޗުން ހޯދުމަށް
ނަންބަރު: AAM/2013/002
ތާރީޚް: 1/27/2013
މި އެސޯސިއޭޝަނުން 2013 ވަނަ އަހަރު ކުރިޔަށްގެންދިޔުމަށް ހަމަޖެހިފައިވާ ޤައުމީ އެތުލެޓިކްސް ޕޫލާއި ކިޑްސް ޑިވެލޮޕްމަންޓް ޕްރޮގްރާމަށް ތިރީގައި މިދަންނަވާ މަޤާމްތަކަށް ކޯޗުން ބޭނުންވެއެވެ.
މަޤާމް: ޑިވެލެޕްމެންޓް ކޯޑިނޭޓަރ
ބޭނުންވާ ޢަދަދު:1
މުސާރަ: 4000.00
ޝަރުތު:އައި އޭ އޭ އެފް ލެވެލް 5ގެ ކޯޗެއް ކަމުގައި ވުން
މަޤާމް:ކޮމްޕެޓިޝަން، އެޗް.އާރް ޓްރެއިނިންގ ކޯޑިނޭޓަރ
ބޭނުންވާ ޢަދަދު:1
މުސާރަ:3500.00
ޝަރުތު:އައި އޭ އޭ އެފް ލެވެލް 4ގެ ކޯޗެއް ކަމުގައި ވުން
ނޭޝަނަލް ޕޫލް
މަޤާމް:ސްޕްރިންޓް ހެޑް ކޯޗް
ބޭނުންވާ ޢަދަދު:2
މުސާރަ:2500.00
ޝަރުތު:އައި އޭ އޭ އެފް ލެވެލް 3 ސްޕްރިންޓް ކޯޗެއް ކަމުގައި ވުން
މަޤާމް: މިޑްލް ޑިސްޓެންސް ހެޑް ކޯޗް
ބޭނުންވާ ޢަދަދު:1
މުސާރަ:2500.00
ޝަރުތު:އައި އޭ އޭ އެފް ލެވެލް 3 މިޑްލް ޑިސްޓެންސް ކޯޗެއް ކަމުގައި ވުން
މަޤާމް:ޔޫތު ކޯޗް
ބޭނުންވާ ޢަދަދު:1 މުސާރަ: 2250.00
ޝަރުތު: އައި އޭ އޭ އެފް ލެވެލް 1 ކޯޗެއް ކަމުގައި ވުން
ކިޑްސް ޑިވެލޮޕްމަންޓް ޕްރޮގްރާމް
މަޤާމް:ކިޑްސް އެތުލެޓިކްސް ކޯޗް
ބޭނުންވާ ޢަދަދު:3
މުސާރަ:2250.00
ޝަރުތު: އެތުލެޓިކްސް ކޯޗެއްގެ ގޮތުގައި ތަޖުރިބާލިބިފައިވާ މީހެއްކަމުގައިވުން
ހުށަހަޅަން ޖެހޭ ލިޔުންތައް
މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ފަންނީ ތަޖުރިބާ އެނގޭގޮތަށް ތައްޔާރު ކުރެވިފައިވާ މަޤާމަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު، ދާއިރާއާ ގުޅޭގޮތުން ލިބިފައިވާ ސެޓްފިކެޓްތަކުގެ ކޮޕީ، އައި ޑީ ކާޑް/ޕާސްޕޯޓް ކޮޕީ
މި މަޤާމްތަކަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 31 ޖެނުއަރީ 2013ގެ 15.00ގެ ކުރިން ސިޓީއަކުން، އީމެއިލް އިން ނުވަތަ ފެކްސް އިން ތިރީގައި މިދަންނަވާ އެޑްރެހަށް ހުށަހެޅުއްވުން އެދެމެވެ.
އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސް
މާލޭ ކުޅިވަރު އެކުވެނި
މާފަތްތަކުރުފާނު މަގު
މާލެ،
ފޯން: 3317011
ފެކްސް:3317008
އީމެއިލް:mdv@mf.iaaf.org