91 ވަނަ ސްރީލަންކާ ނޭޝަނަލް ޗެމްޕިއަންޝިޕް


Admin/newsImage/noimage.png

ސްރީލަންކާގެ ވެރިރަށް ކޮލަމްބޯގައި މިމަހުގެ 16ން 18އަށް ބާއްވާ 91ވަނަ ސްރީލަންކާ ނޭޝަނަލް ޗެމްޕިއަންޝިޕްގައި ވާދަކުރާގޮތަށް އެސޯސިއޭޝަނުން ނިންމައިފިއެވެ.

މުބާރާތަށް ފޮނުވާގޮތަށް އެސޯސިއޭޝަނުން ނިންމާފައިވަނީ 2 ފިރިހެން އެތުލީޓުންނާއި އަންހެން އެތުލީޓަކާއި ކޯޗެކެވެ. މުބާރާތަށް ފޮނުވާ އަންހެން އެތުލީޓަކީ އަފާ އިސްމާޢީލް އެވެ. އަދި ފިރިހެން އެތުލީޓުންނަނީ ޝިފާޒް މުޙައްމަދު އާއި އަޙްމަދު ޙަސަން އެވެ. ޓީމްގެ ކޯޗަކީ އެސޯސިއޭޝަންގެ މިޑްލްް ޑިސްޓެންސް ކޯޗް ޢަބްދުﷲ އިބްރާހީމް އެވެ.

އަފާ މުބާރާތުގައި ވާދަކުރާނީ 100މ އަދި 200މ ދުވުމުގައެވެ. ޝިފާޒް ވާދަކުރާނީ 1500މ އަދި 5000މ ދުވުމުގައެވެ. އަޙްމަދު ޙުސައިން ވާދަކުރާނީ 800މ އަދި 1500މ ދުވުމުގައެވެ.

މުބާރާތުގައި ވާދަކުރާ އެތުލީޓުން މާލެއިން ފުރުމަށް ހަމަޖެހިފައިވަނީ ސެޕްޓެމްބަރ މަހުގެ 15 ވަނަ ދުވަހުއެވެ. އަދި މުބާރާތަށް ފަހު އެނބުރި އައުމަށް ހަމަޖެހިފައިވަނީ ސެޕްޓެމްބަރ މަހުގެ 19 ވަނަ ދުވަހުއެވެ.