ޖޭއޭއޭއޭ ޑިވެލޮޕްމަންޓް މީޓް 5


Admin/newsImage/noimage.png
ރާއްޖޭގެ 100 މީޓަރު ދުވުމުގެ ގައުމީ ރެކޯޑް މުގުރާލައި ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާގެ މަގާމް ހަސަން ސާއިދު ހޯދައިފި އެވެ.

މިދިޔަ އަހަރުގެ އޮލިމްޕިކް ގޭމްސްގައި އަޒްނީމް އަހުމަދު 10.79 ސިކުންތުން ހެދި ރެކޯޑް ސާއިދު މިއަދު ހެނދުނު މުގުރާލީ ޖެމެއިކާގެ ވެރިރަށް ކިންގްސްޓަނުގައި އޮތް ޖޭއޭއޭއޭ އެތުލެޓިކްސް މީޓުގައި 10.72 ސިކުންތުން 100 މީޓަރުގެ ރޭސް ނިންމައިގެންނެވެ.

ރާއްޖޭގެ 400 މީޓަރު ރެކޯޑް ވެސް އޮންނަ ސާއިދު މިއަދުގެ ރޭހުގެ ހަތަރު ވަނަ ހީޓުގައި ވާދަކުރިރު އޭނާ ހީޓުގެ އެއް ވަނަ ހޯދި އެވެ.

ކުރިން 100 މީޓަރުގެ ރެކޯޑް ހެދި އަޒްނީމް މި އިވެންޓުގެ ފަސް ވަނަ ހީޓުގައި ވާދަކޮށް ރޭސް ނިންމީ 11.09 ސިކުންތުންނެވެ. ހީޓުގެ ހަތަރު ވަނައިގައި އަޒްނީމް ރޭސް ނިންމިއިރު، އޭނާ ރޭހުގައި ވާދަކުރީ އަނިޔާ އިން މުޅިން ފިޓެއް ނުވެ ހުރެ އެވެ.

މިއަދުގެ ރޭހުގެ 200 މީޓަރުގައި ސާއިދު ވާދަކޮށް ރޭސް ނިންމީ 21.98 ސިކުންތުންނެވެ. އޭނާ ދިޔައީ ދެ ވަނަ ހީޓުގެ ފުލަށެވެ.

ސާއިދު 400 މީޓަރުގެ ރެކޯޑް ހަތަރު ވަނަ ފަހަރަށް މުގުރާލީ މި މަހުގެ ތިން ވަނަ ދުވަހު އޮތް ޖޭއޭއޭއޭ ދުވުމުގައި 47:48 ސިކުންތުން ރޭސް ނިންމައިގެންނެވެ.